ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޡުންގެ ކެއުމުގެ އިންތިޒާމު ހަމަޖެއްސުމަށް

1442 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރުމަށް ގެނެވުނު 04 ޙާފިޡުންގެ ކެއުމުގެ އިންތިޒާމް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

               ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އެޕްރިލް 2021 އިން 07 އެޕްރިލް 2021 އަށް ބަންދުނޫން ކޮންމެދުވަހަކު 10:00 އިން 12:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ރެޖިސްޓަރީ ކުރެއްވުމަށްފަހު 08 އެޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޙާފިޡުންގެ ކެއުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 އޭޕްރިލް 2021
ހޯދާ