މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
01 އޭޕްރިލް 2021 އިން ފެށިގެން ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

01 އޭޕްރިލް 2021 އިން ފެށިގެން ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި

 

01 އޭޕްރިލް 2021 އިން ރަމަޟާންމަސް ފެށެންދެން، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދުއެވެ.

އަދި، ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގާ އިޢްލާންކުރީމެވެ.

01 އޭޕްރިލް 2021
ހޯދާ