އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 - އަތޮޅު / ސިޓީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމާ ގުޅޭ

 (IUL)38-DA/38/2021/129 : ނަންބަރު

 

އިޢުލާނު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

އަތޮޅު / ސިޓީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމާ ގުޅޭ

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް،  އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިއުރޯތައް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ.

އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 01:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 03:00 ން ހަވީރު 05:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 ން މެންދުރު 03:00 އަށެވެ.

އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯތަކުންނާއި، ކައުންސިލްގެ އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް (www.elections.gov.mv)  އިންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

19 ޝަޢުބާން 1442

 

01 އޭޕްރިލް 2021
ހޯދާ