ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. ނަރުދޫ ސިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

އިޢުލާން

މިއަތޮޅު ނަރުދޫ ސިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ކުރި މިހޮސްޕިޓަލުގެ ނަންބަރ: (IUL)SH-FAH-RM/2021/12 އިޢުލާނަށް ބިޑް ހުށައެޅުމަށް ދެވުނު މުއްދަތު ކުޑަވުމުގެ ސަބަބުން އެއިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 01 އެޕްރީލު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން  11 އެޕްރީލު 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން [email protected] އަށާއި  [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 އެޕްރީލު 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ށ.ނަރުދޫ ސިއްޙީމަރުކަޒާއި، ށ. އަތޮޅު ހޮސްޕިޓަލްގައެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 11 އެޕްރީލު 2021 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:30 ގެ ކުރިން  [email protected] އަށާއި [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

19 ޝަޢުބާން 1442

01 އޭޕްރިލް 2021
ހޯދާ