އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 - ކެންޑިޑެސީ ބާޠިލުކުރިކަން އެންގުން

                                              (IUL)38-CA/38/2021/126 :ނަންބަރު

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ކެންޑިޑެސީ ބާޠިލުކުރިކަން އެންގުން

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު،

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުންކުރިމަތިލާފައިވާ ކެންޑިޑޭޓް ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:

2021/SC-E/02

ޤަޟިއްޔާއިން 30 މާރިޗު 2021 ގައި ޙުކުމްކޮށްފައިވާތީ، ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު

ފުރިހަމަވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ވަނީ ބާޠިލު ކޮށްފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

19 ޝަޢުބާން 1442

 

01 އޭޕްރިލް 2021
ހޯދާ