ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މޭސަން

މޭސަން
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މޭސަނަރީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލައިސެންސެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:
ތިލަފުށި

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ހިންގާ ޕްރޮޖެކްޓްސްތަކުގެ މޭސަނަރީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ރޭނުމާއި ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، އިމާރާތްތަކާއި ތަންތަނުގެ މަރާމާތުގެ މަސައްކަތް ކުރުން.
- އިމާރާތުގެ ފާރުތަކުގައި ހަލާކުވާ ތަންތަން ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
- ތަންތަން ރޭނުމާއި ސިމެންތި ޖެހުމާއި، ޕުޓީގެ މަސައްކަތްތައް ކުރުން.
- ގަލާއި ހިލައާއި ކޮންކްރީޓް ބްލޮކް ބޭނުންކޮށްގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި މަރާމާތުކުރުން.
- ޕްރޮޖެކްޓްތަކާއި ހަވާލުކުރެވޭ މަސައްކަތްތަށް ދެވޭ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.
- އެކުގައި މަސައްކަތްކުރާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.
- މޭސަނަރީއަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ނުވަތަ ކާޕެންޓްރީ، ކަރަންޓުވައިރު ކުރުން އަދި ޕްލަންބިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 10700.00ރ އާއި 11950.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 06 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/un69iw)

 

31 މާރިޗު 2021
ހޯދާ