ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ޖީ.ސީ.އީ އޯލެެވެލް މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން.

އައިޓީ ދާއިރާއިން ތަރުޖިބާ ނުވަތަ ސެޓްފިކެޓް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މަސްޢޫލިއްޔަތު:

ކުންފުނީގެ އައި.ޓީކަންކަން ބެލެހެއްޓުމުގައި އެހީތެރިވުން

ދިމާވާ ސިސްޓަމް އަދި ސޮފްޓްވެއަރ މައްސަލަތައް ހައްލުކޮށްދިނުން

ކުންފުނީގެ އައި.ސީ.ޓީ ޕްރޮޖެކްޓުތައް ތަޢާރަފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

މަހު މުސާރަ:

8،000 އާއި 9،000 ރ އާއި ދެމެދު

ޑިޕާޓްމަންޓް:

އެޑްމިނިސްޓްރޭޝަން، އައިސީޓީ ސެކްޝަން

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 05 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ (http://fuelmaldives.com/Home/Downloads.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

31 މާރިޗު 2021
ހޯދާ