ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ

އިޢްލާން

ދ.މާއެނބޫދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢާއިގުޅޭ

ސުރުޚީގައި ދަންނަވާފައިވާ  މަޝްރޫޢުގެ  ދަށުން  ފެނުގެ ކަނެކްޝަން  ގޭގެއަށް  ގުޅައިދިނުމަށްއެދި ފޯމު

ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިފޯމް ދޫކުރުމާއި ބަލައިގަތުމުގެ  އިންތިޒާމް 01 އެޕްރީލް 2021 އިން ފެށިގެން 2021 މެއި 31 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަށް މި އިދާރާގައި ހަމަޖައްސާފައިވާ ވާހަކަ ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށެވެ. ފޯމާއެކު ތިރީގައި ބަޔާންކުރައްވާފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ޝަރުޢީގޮތުން ކަނޑައަޅާފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. އިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  4. އެއްވެސް ސަބަބަކާހުރެ، ގެ ނުވަތަ ގޯތިބެހުމުގެ މައްސަލަ ޝަރުޢީކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން

އިސްވެ ދެންނެވުނު އެޕްލިކޭޝަންފޯމް ހުށަހެޅުމުގައާއި، ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ  މިކަމަށްޓަކައި  މިހާރު  ޢަމަލު  ކުރެވެމުންދާ ޤަވާޢިދު  ނަންބަރު 10-2020/R " މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން  ފެނުގެ ޚިދުމަތް  ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން  ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން، ފެނުގެ ޚިދުމަތްތައް  ނުވަތަ ނަރުދަމާގެ  ޚިދުމަތްތައް ގުޅައި ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާއާއި  އެއްގޮތަށެވެ. އަދި ފީއަކާނުލައި  ފެން މީޓަރުގެ  ޖަންކްޝަން  (ކެޗްޕިޓް) ގުޅައިދިނުމުގައި ބެލެވޭނީ  މި ޤަވާޢިދުގެ  6 ވަނަ  ނަންބަރުގައި  ބަޔާން  ކޮށްފައިވާ  ގިންތިތަކުގެ  މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް  ފައިނަލް  ކުރުމުގައި، އަދި ކަނެކްޝަންގެ  ޢަދަދު  ނިންމުމުގައިވެސް  ޢަމަލު ކުރާނީ  މިޤަވާޢިދުގައި  ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

މިކަމާގުޅިގެން އިތުރު  މަޢުލޫމާތު  ސާފުކުރުމަށް  ބޭނުން  ވެލައްވާ ފަރާތްތަކުން  މިއިދާރާގެ އ.ޕްރޮޖެކްޓް އޮފިސަރ މުޙައްމަދު ޢާޞިފު 7916769 އާ ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

31 މާރިޗު 2021
ހޯދާ