މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބީގައި އެއަރކޯން ހަރުކުރުމަށްބޭނުންވާތީ، މި މަސައްކަތަށް ބޭނުންވާ އެއަރކޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

                        

އިޢުލާން

މަސްޖިދުލް އައްވާބީގައި އެއަރކޯން ހަރުކުރުމަށްބޭނުންވާތީ، މި މަސައްކަތަށް ބޭނުންވާ އެއަރކޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

              ނ.ހެނބަދޫގެ މަސްޖިދުލް އައްވާބީގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ އެއަރކޯން ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދެން ބޭނުން ފަރާތްތަކުން 07 އޭޕްރީލް 2021ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށްދުރުވެ ސިޓީއަކާއެކު، އަގާއި މުއްދަތު ބަޔާންކޮށް މިކައުންސިލަށް ހުށަހެޅުވުން އެދެމެވެ. 

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                18 ޝަޢުބާން 1442

                                 31 މާރިޗް 2021

                                                   

                                               އާދަމް ސަމީރު

                                           ހެނބަދޫ ކައުންސިލްގެ ރައީސް

                                                      

31 މާރިޗު 2021
ހޯދާ