މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދާއި ބަނދަރު ހަޑިވާޒާތުގެ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލަށް ރިޕޯޓް ކުރުމާއި ގުޅޭ

 

   އިޢުލާން

ބަނދަރު ސަރަޙައްދާއި ބަނދަރު ހަޑިވާޒާތުގެ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލަށް ރިޕޯޓް ކުރުމާއި ގުޅޭ

           ހެނބަދޫ ބަނދަރަށް ކުނި އެޅުމާއި ބަނދަރު ސަރަޙައްދު ހަޑިވާޒާތުގެ ކަންކަން ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ. ހެނބަދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވައިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް އުޅަނދަކުން އަދި އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި، ބަނދަރު ސަރަޙައްދަށް ކުނިފަދަ ތަކެތި އެޅުމާއި ބަނދަރު ހަޑިވާޒާތުގެ ކަންކަން ކުރުމަކީ މަނާކަމެކެވެ. ބަނދަރު ސަރަޙައްދާއި ބަނދަރުތެރެ ރީތިކޮށް އޮތުމަކީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި މިކައުންސިލުން ދެކެމެވެ.

          ވީމާ، ބަނދަރުން މުދާއަރުވާ ބާލާ ފާރާތްތަކުން ނުވަތަ އެނޫންވެސް ފަރާތްތަކުން ބަނދަރު ސަރަޙައްދާއި ބަނދަރު ހަޑިވާފަދަ ކަމެއް ކުރާތަން ފެނިއްޖެނަމަ އެފަރާތުގެ މަޢުލޫމާތު މިކައުންސިލަށް ރިޕޯޓްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީގަޑީގައި ނަމަ މިކައުންސިލަށް ގުޅާ (ފޯން ނަންބަރ 6560018) ހިއްސާކޮށްދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             18 ޝަޢުބާން 1442

              31 މާރިޗް 2021 

          

                                              އާދަމް ސަމީރު

                                        ހެނބަދޫ ކައުންސިލްގެ ރައީސް

31 މާރިޗު 2021
ހޯދާ