އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ މަސްޖިދުއްތަޢާވުން އާއި މަސްޖިދުލް އިޙްސާން މިސްކިތުގެ އޭސީތައް ސާރވިސްކުރުން

މި ރަށު މަސްޖިދުއްތަޢާވުން އާއި މަސްޖިދުލް އިޙްސާން މިސްކިތުގެ އޭސީތައް ސާރވިސްކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެ އެވެ.                                                                     

މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކައުންސިލްގެ އިދާރާއަށް ދުރުވެ މި އިދާރާއިން ދޫކުރާ މަޢުލޫމާތު ފޯމް ނެންގެވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ މަޢުލޫމާތު ފޯމާއި އެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ. މަޢުލޫމާތު ފޯމް 2021 މާރިޗް 31 ވާ ބުދަ ދުވަހުންފެށިގެ މި އިދާރާއިން ލިބެން ހުންނާނެ އެވެ .                                       

އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2021 އޭޕްރިލް 04 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.                                               

ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ، މި އިދާރާއިން ދޫކުރާ ނަމޫނާއާ ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ އެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 މާރިޗު 2021
ހޯދާ