މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް

މުސާރަ އާއި ޢިނާޔަތްތައް: -/11،421 ރުފިޔާ 

މަޤާމުގެ މަސްއޫލިއްޔަތު:

- ސްޕެޝިއަލް ކޮންސްޓެބްލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން، 

ޝަރުޠު:

- ގްރޭޑް 10 ނިންމާފައިވުން،

- މީލާދީގޮތުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްކޮޅު: ފިރިހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓު 3 އިންޗި އަށްވުރެ ވުރެ ކުރު ނުވުން، އަދި އަންހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓަށްވުރެ ކުރު ނުވުން،

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށްނުވުން،

- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ ފަރާތެއްނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ.

- ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން،

ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން،

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން،

މަސައްކަތްކުރަންޖެހޭ ތަން:

އައްޑޫ ސިޓީ (އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް)

ހުށަހަޅަންޖެހޭ ލިޔުންތައް

- ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު،

- ފުލުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓުތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ނެގިފަހުން 3 މަސް ވެފައިނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،

- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސަންސްގެ ކޮޕީ،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2021 އެޕްރީލް 08 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ހިތަދޫ ޕޮލިސް ނުވަތަ ގަން ޕޮލިސް ނުވަތަ ހުޅުމީދޫ ޕޮލިސްގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 15:00 އަށެވެ. 

ނޯޓު: ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯރމް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯރމް އަދި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

16 ޝަޢުބާން 1442

29 މާރިޗު 2021
ހޯދާ