މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޕޭޝަންޓް ކެއަރ އެޓެންޑެންޓް

އިޢުލާނު

މަޤާމު:

ޕޭޝަންޓް ކެއަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

J-332908, J-332909

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު/ ކ. ގުރައިދޫ

ސެކްޝަން:

ކެއަރ / ސަރވިސް / ސުޕަރވިޝަން / މޮނިޓަރިންގ ސެކްޝަން، ސުޕަވިޝަން / މޮނިޓަރިންގ ޔުނިޓް

މުސާރަ:

3470/- ރުފިޔާ

ސަރވިސް އެލަވަންސް:

1000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1200 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35%

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ކާންދިނުމުގައި ކަޑައެޅިފައިވާ މެނޫއާއި ސްޕަވައިޒަރުގެ މަޝްވަރާއާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކާންދިނުން. އަދި ކާގަޑިތަކުގައި ހިފާގެންގުޅޭ ކަންވާރުފަދަތަކެތި ރަނގަޅަށްދޮވެ، ރައްކާތެރިވާފަދަ ގޮތަކަށް ކާންދިނުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ބޭނުންކުރާ އަންނައުނު އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދީ މަސައްކަތްކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ބޭނުންކުރާ ފާޚާނާތަށް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ނިދުމާއި، އަރާމްކުރުންފަދަ ކަންތައްތަކަށް ބާރުއަޅުވާ އެހީތެރިވެދީ ހެދުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ނިދާތަންމަތި ސާފްކޮށް ބެލެހެއްޓުމާއި ދުވާލަކު މަދުވެގެން ދެފަހަރު އެނދުތަންމަތި ރީތިކުރުމާއި ހަޑިވާ ތަކެތި ބަދަލުކުރުން.
  • ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުގައި ހުންނަ ވޯރޑްތަކުގައި ބޭނުންކުރާ ބެޑްޝީޓް ބާލީހުއުރަ، އަންނައޮނު ތުވާލި ފަދަ ތަކެތި ދޮވެސާފްކުރުމަށް ލޯންޑްރީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ފަރުވާތެރިކަމާއެކު ކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ފެންވެރުވުމަށާއި، ރީތިވުމަށް ބޭނުންވާ ތަކެތި ރަނގަޅަށް  ބަލަހައްޓާ އިސްރާފުނުވާނެ ގޮތުގެމަތިން އެތަކެތި ބޭނުންކުރުން.
  •  ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން، ކޮންމެ 24 ގަޑިއިރުން މަދުވެގެން ދެފަހަރު ދަތްއުނގުޅުވާ ރަގަޅަށް ފެންވަރުވާ ރީތިކުރުން. މިކަންކުރުމުގައި އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު އަޅާލާމީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ސަމާލުކަންދީގެން ކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ކަޑައެޅިފައިވާ ވަގުތުތަކުގައި ބޭސްދިނުމާއި، ފަރުވާދިނުމުގައި ގާތްކަމާއިއެކު ސިއްޙީ ޚިދުމަތް ތެރިންނަށް އެއްބާރުލުންދީ އަޅާލާ އެހީތެރިކަން ދިނުން.
  • ދުވާލަކު މަދުވެގެން ދެފަހަރު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ފެންވަރުވާ ނެޕީބަދަލުކޮށް، ރީތިކުރުވުން. އަދި ނެޕީ ބަދަލު ކުރަންޖެހޭ ޙާލަތްތަކުގައި އަބަދުވެސް ނެޕީ ބަދަލުކޮށް ސާފުކުރުވުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ތެރެއިން އަމިއްލައަށް ފެންވަރާ ފާޚާނާކޮށް، ފެންވަރާ ދަތްއުނގުޅާ، ރީތިނުވެވޭ ފަރާތްތަކަށް އެކަންކަމުގައި އިޚްލާސްތެރިކަމާއިއެކު އެހީތެރިވުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ހާލަތު އަބަދުވެސް އެނގޭފަދަ ގޮތަކަށް ޑިއުޓީތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ރާވައިގެން ކުރުން.
  • ވޯޑްތެރެއާއި، މާހައުލު އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން. އަދި ފާޚާނާތަކާއި، ތަޅުންގަނޑު އެންޓިސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު 2 ފަހަރު ސާފްކުރުން. މީގެ އިތުރުންވެސް ހަޑިވާ ޙާލަތްތަކުގައި އަބަދުވެސް ސާފުކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ގެއްލުންވާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ އެފަދަ ކަމެއް ފެނި ނުވަތަ އެނގިއްޖެނަމަ އެކަމެއް ހުއްޓުވާ ރަގަޅު ކުރެވޭނެގޮތަކަށް އަބަދުވެސް ސަމާލުކަންދީގެން އުޅުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް އަންނައުނު ކޮންމެމީހަކަށްވެސް ވަކިން ބޭނުންކުރެވޭނެ ގޮތަކަށް ބާރުއަޅާ ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ބޭނުންކުރާތަކެއްޗާއި  ވޯރޑްގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ކުނީގެ ގޮތުގައި އުކާލެވޭތަކެތި ރައްކާތެރިގޮތެއްގައި ނައްތާލުން.
  • ކާތަކެތި އުފުލުމާއި ކާންދިނުމުގައި ސިއްހީގޮތުން ރައްކާތެރިކަމަށް ބަލައިގެން ފަރުވާތެރިކަމާއެކު ކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއި ގިނަގިނައިން ވާހަކަދައްކާ ރުހޭގޮތަކަށް ވާންހުންނަ ކަންތައްތައް ކޮށްދީގެން މުނިފޫހިފިލުވުމާއި، މަޖާގޮތެއްގައި ގެންގުޅުމަށް އިޚްލާސް ތެރިކަމާއެކު މަސައްކަތް ކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ވޯޑުން ބޭރުގައި އުޅޭ ވަގުތުތަކުގައި ޚާއްޞަ ސަމާލުކަންދީގެން ވާނުވާބެލޭނެފަދަ އިންތިޒާމެއް ރާވައިގެން މަސައްކަތްކުރުން.
  • ޚިދުމަތުގައި ބޭނުންކުރާ މެޝަނަރީއާއި ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރާއި، އަންނައުނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ޙާލަތާއި ގުޅޭގޮތުން މަރުކަޒުން ހިންގާ އެކިއެކި ހަރަކާތްތަކާއި، މަސައްކަތްތަކާއި، ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއެކު ކުރަންޖެހޭ ދަތުރުތަކާއި ދާންޖެހޭތަންތަނަށް ދިއުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ޑރ ދީފައިވާ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ މަރުކަޒުންދޭ އިރުޝާދާއެކު ފަރުވާތެރިކަމާއެކު ކުރުން.
  • ވޯރޑްތަކުގައި ބޭނުންކުރާ ތަކެތީގެ ހިސާބު ކިތާބު ބެލެހެއްޓުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ޚިދުމަތްދިނުމާއި، މުއާމަލާތް ކުރުމުގައި އަބަދުވެސް އޯގާތެރިކަމާއި ހަމްދަރުދީއާއި، އިހުތިރާމާއެކު މަސައްކަތް ކުރުން.
  •  ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއި ގުޅިގެން ތަނުގައި ހަދާފައިވާ ޤަވައިދާ، އުސޫލުތަކާއެއްގޮތަށް ފަރުވާތެރިކަމާއެކު އަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 8 ނިންމާފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގު:

ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޕޭޝަންޓް ކެއަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) (މި އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  ވެބްސައިޓުން( www.gender.gov.mv) ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޭޕްރީލް 2021 ގެ 13:30 ގެ ކުރިން، (careers @gender.gov.mv) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (12 އޭޕްރީލް  2021 އާއި 30 އޭޕްރީލް 2021) އާ ދެމެދު، (ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027623 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 ޝައުބާން 1442ހ

29 މާރިޗު 2021

29 މާރިޗު 2021
ހޯދާ