ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްއައުޓްލައިން ލިޔާނެ ފަރާތެއް ހޯދުމާއިބެހޭ

(IUL)-FSL/2021/06 : ނަންބަރު

އިޢުލާން

 

ކޯސްއައުޓްލައިން ލިޔާނެ ފަރާތެއް ހޯދުމާއިބެހޭ

މިފެކަލްޓީގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ބެޗެލަރ އޮފް އިސްލާމިކް ސްޓަޑީޒް (އިމާމް އެންޑް ޚަޠީބު) ގެ ތިރީގައިވާ އަށް މާއްދާގެ އައުޓްލައިން ލިޔުމަށް އެދި 22  މާރިޗް 2021 ގައިކޮށްފައިވާ އިޢުލާން ނަންބަރު : IUL-FSL/2021/05  ގައި ބައެއް މަޢުލޫމާތުތައް ތަފްސީލުކުރަން ޖެހުމުގެ ސަބަބުން އެ އިޢުލާން ބާޠިލް ކުރުމަށްފަހު، އައުޓްލައިން ލިޔުމަށް އެދޭ ފަރާތްތަކަށް މިކަމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

މާއްދާތައް:

:- Quranic Exegesis

: - Story of Prophets

:- Research Methodology for Islamic Studies

:- Biography of Caliphs

 :- Quran 5

:- Quran 6

:- Hadith and its Sciences

:- Practicum

 

 

އުޖޫރަ: މާއްދާއަކަށް /7500ރ

ޝަރުތު: އިސްލާމިކް ސްޓަޑީޒް، އިސްލާމީ ޝަރީޢާ ނުވަތަ ޝަރީޢާގެ ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު ޢަރަބި ބަސް ރަނގަޅަށް ދެނެލައްވާ ފަރާތެއްކަމުގައިވުން

 

        ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މާރިޗު 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ފެކަލްޓީއަށް އަންދާސީ ހިސާބާއި އެކު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޟިރުނުވެ ފަހުން މަޢުލޫމާތު ގެންދަވާ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދެވޭނެއެވެ. ނަމަވެސް  އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި ކަމުގައި ދަންނަވަމެވެ.

 

 

16 ޝަޢުބާން 1442

29 މާރިޗު 2021

29 މާރިޗު 2021
ހޯދާ