ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓަރގެ (އެޑްވޮކަސީ ޑިޕާޓްމަންޓު) މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

 

ވަޒީފާގެ ފުރުޞަތު

ތާރީޚް   

 

28 މާރިޗު 2021       

ނަންބަރު  

    (IUL)168-CA/1/2021/32

އެޑްވޮކަސީ ޑިޕާޓްމަންޓް

މަޤާމު:             

 ޑިރެކްޓަރ

ބޭނުންވާ ޢަދަދު:       

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: 

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:   

 - މުސާރަ: މަހަކު -/13,650 ރުފިޔާ

 - ލިވިންގ އެލަވަންސް -/3000 ރުފިޔާ

 - ސާރވިސް އެލަވަންސް -/3500 ރުފިޔާ

 - ފޯނު އެލަވަންސް: -/500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި          

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:            

  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 (މި މަޤާމަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ގުޅޭ ދާއިރާތައް ކަމުގައި ބަލާނީ ހިއުމަން ރައިޓްސް، އެޑިއުކޭޝަން، އެޑްވޮކަސީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓު، ބިސްނަސް އެޑްމިނިސްޓްރޭޝަން، އަދި ބިޒްނަސް މެނޭޖްމަންޓެވެ.)

މަޤާމުގެ މަސްއޫލިއްޔަތު    

  1. ހިއުމަން ރައިޓްސް ކޮމިޝަނުގެ އެޑްވަކަސީ ޑިޕާޓްމަންޓް ގެ މަސައްކަތްތައް ރާވައި ހިންގުން.
  2. ކޮމިޝަންގެ ޤާނޫނުގެ 20 (މ) ގައި ވާގޮތުގެމަތިން އިންސާނީ ޙައްޤުތަކުގެ ރޫޙްއާލާކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް ސެމިނަރތަކާއި، ތަމްރީން ޕްރޮގްރާމްތަކާއި ވަރކްޝޮޕްތައް ފަދަ ހަރަކާތްތައް ރާވާހިންގުން.
  3. އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެ އެކަންކަން ލިބޭނެގޮތްހަމަޖެއްސުން.
  4. އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުން.
  5. ކިޔަވާކުދިންނަށް ހިއުމަން ރައިޓްސްއާ ބެހޭ ގޮތުން މަޢުލޫމާތުދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ކަރިކިއުލަމް ޔުނިޓީއާ ގުޅިގެން ތަޢުލީމްދޭ މުޤައްރަރުގައި ހިއުމަން ރައިޓްސްގެ ކޮންސެޕްޓްތަކާ އަދި ހިއުމަން ރައިޓްސްއާއި ގުޅޭ މައުޟޫޢުތައް ހިމެނުން
  6. ކިޔަވާދަރިވަރުންނަށް ހިއުމަން ރައިޓްސްއާ ބެހޭ ގޮތުން މަޢުލޫމާތުދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން އެތަންތަނުގެ މުޤައްރަރުގައި ހިއުމަން ރައިޓްސްގެ ކޮންސެޕްޓްތަކާއި އަދި ހިއުމަން ރައިޓްސްއާއި ގުޅޭ މައުޟޫޢުތައް ހިމެނުމަށް މަސައްކަތް ކުރުން
  7. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ރާވާހިންގާ އިންސާނީ ޙައްޤުތަކުގެ ތަމްރީނާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  8. އިންސާނީ ހައްޤުތަކާގުޅޭ ތަމްރީނުތައް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަށް ފޯރުކޮށްދިނުން.
  9. އިންސާނީ ހައްޤުތަކާގުޅޭ މަޢުލޫމާތު ކޮމިޝަނުގެ މުވައްޒަފުންނަށާއި ޢާންމުންނަށް ފަސޭހަގޮތެއްގައި ލިބުމަށް މަގުފަހިކޮށްދިނުމަށް ކޮމިޝަންގައި ރިސޯސް ސެންޓަރެއް ގާއިމްކޮށް ބެލެހެއްޓުން
  10. އިންސާނީ ޙައްޤުތަކާއި ކޮމިޝަންގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޢާއްމުކުރުމަށް ބޭނުންވާ އެޑްވޮކަސީ ޓޫލްސް އާއި މެޓީރިއަލްސް ތައްޔާރުކުރުން.
  11. ކޮމިޝަނުން ނިންމާ ކަންތައްތަކާއި ކޮމިޝަނުން ރާވާފައިވާ ހަރަކާތްތަކާގުޅިގެން ކުރަންޖެހޭ އެޑްވޮކަސީ މަސައްކަތްތައް ޕްލޭންކޮށް ރާވާ ހިންގުން.
  12. މަދަނީ މުޖުތަމަޢުއާ ގުޅިގެން އިންސާނީ ޙައްޤުތައް ކުރިއެރުވުން.
  13. އިންސާނީ ހައްޤުތައް ސަރުކާރުން ސިޔާސަތުތަކަށް ވެއްދުމަށްޓަކައި ބާރުއެޅުމަށް މަސައްކަތްކުރުމާއި، ކަމާބެހޭ ފަރާތްތަކާއި ޢާއްމުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް އެފަރާތްތަކުގެ ސަމާލުކަމަށް ގެނައުން
  14. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް މުވައްޒަވުންގެ ޕަރފޯމަންސް ޓާގެޓްސް ކަނޑައަޅައި މިޑް އިޔަރ އަދި އިޔަރ އެންޑް ރިވިއު ހެދުމާއި، ޕަރފޯމަންސް އެޕްރެއިސަލް ތައްޔާރުކޮށް
  15. ޑިޕާޓްމަންޓްއަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ހިއްސާ ކުރުން.
  16. އެނުއަލް ވަރކްޕްލޭންގައި ހިމެނޭ ހަރަކާތްތަކާއި ޑިޕާޓްމަންޓުން ކުރުމަށް ކޮމިޝަނުން ނިންމާ ކަންކަން ހިނގާ ނުހިނގާ މިންވަރު ދެނެގަނެ، އެގްޒެކެޓިވް ބައްދަލުވުން އަދި އެނުއަލް ވަރކްޕްލޭން ރިވިއު ބައްދަލުވުމުގައި ބައިވެރިވެ ހުށަހެޅުން.
  17. ޑިޕާޓްމަންޓްގެ އެޗްއޯޑީގެ ހައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވައިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން
  18. ކޮމިޝަންގެ ކުރިއަށް އޮތް 5 އަހަރުގެ ލަނޑުދަނޑިތައް ތައްޔާރުކުމަށް ބޭންވާ އެޑްވަކަސީ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ޕްލޭންކުރުމަށް އެހީތެރިވުމާ ބޭނުންވާ މަޢުލޫމާތު ކަމާ ގުޅުން ހުރި ޑިޕާޓްމެންޓާ ހިއްސާކޮށް އެކުގައި މަސައްކަތް ކުރުން
  19. ޑިޕާޓްމަންޓްގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އުސޫލްތަކާއި މިންގަނޑުތައް ތައްޔާރުކުރުން.
  20. ޑިޕާޓްމެންޓްގެ މުއަށްޒަފުން ބޭނުންވާ ތަމްރީނުތައް ދިނުމަށްޓަކައި ޑިޕާޓްމެންޓް ލެވަލްގައި ތަމްރީނުތައް ހިންގުން.
  21. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  22. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  23. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް   

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި            

2021 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                  

އެހެނިހެން           

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                 

 

 

28 މާރިޗު 2021
ހޯދާ