ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މެންބަރުންގެ ލިސްޓް އަދި ހިންގާ ޤަވާޢިދު

ފެބްރުވަރީ 2021 ވީ ބުރާސްފަތި ދުވަހު ބޭއްވި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެންޑޯޒް ކޮށްފައިވާ ޢާންމު މެންބަރުންގެ ލިސްޓް ވާނީ 02 މާރިޗު 2021 ގައި ގެޒެޓް ކޮށްފައިކަން އެންމެހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި ފެބްރުވަރީ 2021 ވީ ބުރާސްފަތި ދުވަހު ބޭއްވި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެންޑޯޒްކޮށް 07 މާރިޗު 2021 ގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޢާއްމު ޖަލްސާ އަށް ހުށަހެޅި ފާސްކޮށްފައިވާ ލިސްޓާއި 24 މާރިޗު 2021 ގައި ކޮމިޝަނަރ އޮފް ސްޕޯޓްސް އެންޑޯޒް ކޮށްފައިވާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކޮށްފައިވާނެ ވާހަކަ އެންމެހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހިންގާ ޤާވާޢިދުގެ 10 ވަނަ މާއްދާގެ (ށ) ގައިވާ ގޮތިގެމަތިން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވަނީ 18 އަހަރުން މަތީގެ މެންބަރުންނަށެވެ.

28 މާރިޗު 2021

28 މާރިޗު 2021
ހޯދާ