ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާއްމު ޖަލްސާ 2021

27 މާރިޗު 2021 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2021 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 07 އޭޕްރިލް 2021 ވާ ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުން  30 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

އެސޯސިއޭޓް މެމްބަރުން (ކްލަބު) ގެ ތެރެއިން، މިއެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ހަރަކާތްތެރިވެފައިވާ އެސޯސިއޭޓް މެމްބަރުން (ކްލަބު) ގެ ތެރެއިން 30 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021  ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ފާއިތުވި 2 އަހަރުގެ މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ހިންގާ ޤަވާޢިދުގެ 11(އެގާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ފުރިހަމަ މެމްބަރުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓް މި އެސޯސިއޭޝަނަށް ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 30 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމުގައި ކަނޑައަޅާފައިވާކަން ވެސް ދަންނަވަމެވެ. މިދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯރޓްތައް މިއެސޯސިއޭޝަނަށް ފޮނުއްވާފައިނުވާ ފުރިހަމަ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންވަމެވެ.

ޝަރުތުހަމަވާ ކްލަބް ޖަމިއްޔާ އަދި ފުރިހަމަ މެމްބަރުންގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

07 އޭޕްރިލް 2021 ވާ ބުދަ ދުވަހު އާޢްމު ޖަލްސާ ބޭއްވޭނެ ތަނާއި ގަޑި އިޢުލާން ކުރެވި ގެޒެޓް ކުރެވޭނެކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 މާރިޗު 2021
ހޯދާ