އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޗައިލްޑް ކެއަރ ވޯރކަރ

އިޢުލާނު

 

މަޤާމު:

  ޗައިލްޑް ކެއަރ ވޯރކަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ހެލްތް ސެންޓަރުތައް،

މުސާރަ:

-/ 4465

ސަރވިސް އެލަވަންސް:

-/ 1500

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕީޑިއަޓްރިކް ސެންޓަރަށް ގެނެވޭ ކުޑަކުދިން އޯގާތެރިކަމާއި ލޯތްބާއެކު ބެލެހެއްޓުން؛
  2.  އެ ކުދިންގެ އުމުރާ ގުޅޭގޮތުން ކުލަޖެއްސުމާއި، ކުރެހުމާއި، އަކުރު އަޅައިދިނުމާއި، ވާހަކަ ކިޔައިދިނުން.
  3.  އެ ކުދިންގެ އުމުރާ ގުޅޭގޮތުން އެޑިއުކޭޝަނަލް ގޭމްސް ކުޅުވައި ހެދުން.
  4.  ތަފާތު އެކްޓިވިޓީސްތައް އެ ކުދިންނަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް ސްޓޮކް އެންޑް މެއިންޓެނެންސް ސެކްޝަނަށް ރިކުއެސްޓްކޮށްގެން ހޯދުން.
  5. ޕީޑިއަޓްރިކް ސެންޓަރަށް ގެނެވޭ ކުޑަކުދިން ބެލުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، ސުޕަވައިޒަރަށް ހުށަހަޅައިގެން އެކަންކަން ރަގަޅުކުރުމަށް މަސައްކަތްކުރުން.
  6.  ކަލަންޑަރާއި، ޑޮކްޓަރުންގެ ޝެޑިއުލް އާއި އަދި  އެޕޮއިންމެންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  7.  ޕީޑިއަޓްރިކް ސެންޓަރަށް ޒިޔާރަތްކުރާ ބޭފުޅުންނާއި އިސްތިޤްބާލުކޮށް، އެބޭފުޅުންގެ ކަންތައްތައް ހަމަޖައްސައިދިނުން.
  8. ޕީޑިއަޓްރިކް ސެންޓަރަށް ލިބޭ އަދި އެކިތަންތަނަށް ފޮނުވާ ސިޓީއާއި އެކި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  9.  ކޮންސަލްޓޭޝަން ރޫމްތައް ތައްޔާރުކޮށް  ބެލެހެއްޓުން.
  10.  – މީގެ އިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޑިއުޓީގައި ހުންނަވާ ޝިޕްޓް އިންޗާރޖް ހަވާލުކުރާ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރުސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑްލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

 

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތައުލީމަށް ބަލައިގެން
  2.  ލިބިފައިވާ  މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން
  3.  އަދި ލިބިފައިވާ ހުނަރަށް ބަލައިގެން 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އެޕްރީލް 2021 ގެ 13:30: ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އަދި އިމްތިހާން އޮންނާނީ، 05 އެޕްރީލް  2021 އާއި 20 އޭޕްރީލް 2021 އާ ދެމެދު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885045 އަށެވެ.

 

28 މާރިޗު 2021
ހޯދާ