ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޚިދުމަތަށް އެދޭފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި

        ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. އުތީމުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް 25 ފެބްރުއަރީ 2021 ގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލު ކުރައްވާފައިވާތީ މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގޭ ވެރިފަރާތްތަކަށް މިކައުންސިލަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

        ވީމާ، ފޯމް ހުށަހެޅުމުގެ ފުރުސަތު 29 މާރޗް 2021 ވާ ހޯމަ ދުވަހުން ފެށިގެން 27 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމް ދޫކުރުމާއި ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 14:00 އަށް ކަމުގައި ދެންނެވީމެވެ.    

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2021
ހޯދާ