ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ އަދި އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބު ކުރުމާބެހޭ

25 މާރިޗު 2021 އަދި 26 މާރިޗު 2021 ގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) އިން ގެޒެޓް ކޮށްފައިވާ ފަދައިން

25 މާރިޗު 2021 ގައި ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 03 ޖަލްސާގައި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ  އަހަރީ ޢާއްމު ޖަލްސާ 10 އެޕްރީލް 2021 ވާ ހޮނިހިރު ދުވަހުބޭވުމަށް ވަނީ ނިންމާފައެވެ.

މިޖަލްސާގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުން އޮންނާނެއެވެ.

ވީމާ މި އިންތިޚާބުގައި ވާދަކުރަން އެދޭ މެންބަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ޤަވާޢިދާއި މަޤާމުތަކަށް ކުރިމަތި ލުމަށް ހުށަހަޅަންޖެހޭ ފޯމު ގެޒެޓް ކުރެވިފައިވާކަން

އެންމެހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެހައި މެންބަރުންނަށް ހުޅުވާލަމެވެ.

  1. ޗެއަރޕާސަން
  2. ޖެނެރަލް ސެކްރެޓަރީ
  3. ޚަޒާންދާރު
  4. އައި.ޑީ (އިންޓެލެކްޗުއަލް ޑިސޭބިލިޓީ) އެކްސްޕާރޓް
  5. ފެމެލީ ރެޕްރެޒެންޓޭޓިވް
  6. އެތުލީޓް ރެޕްރެސެންޓޭޓިވް
  7. މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ 2 (ދޭއް) މެންބަރު

ވީމާ، މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މަޤާމުތަކަށް ކުރިމަތި ލުމަށް ހުށަހަޅަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 04 އޭޕްރިލް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

އެސް-އޯ މޯލްޑިވްސްގެ އިދާރާ (ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް، ގްރައުންޑް ފްލޯ) އަށް، ނުވަތަ [email protected] އަށް ހުށަހެޅުން އެދެމެވެ.

 

10 އެޕްރީލް 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ޢާންމު ޖަލްސާ އަދި އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބު ކުރުމާބެހޭ ޖަލްސާ

ބޭއްވޭނެ ތަނާއި ގަޑި އިޢުލާން ކުރެވި ގެޒެޓް ކުރެވޭނެކަން އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

27 މާރިޗު 2021
ހޯދާ