އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
750 ކިލޯގްރާމްގެ ޕިކަޕެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް  750 ކިލޯގްރާމްގެ ޕިކަޕެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ޕިކަޕެއް ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 06 އޭޕްރީލް 2021  ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30  އާއި ދެމެދު  [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.  

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 އޭޕްރީލް 2021 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ. 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި އެއާއި ގުޅޭ ޑޮކިއުމަންޓްސް ގެޒެޓްގެ އެޓޭޗްމަންޓްސްގައި އެޓޭޗް ކުރެވިފައިވާނެއެވެ.

                            27 މާރިޗް 2021

27 މާރިޗު 2021
ހޯދާ