އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވެހިކަލް ސާރވިސްކޮށް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަދި ފޭދޫ ސިއްހީ މަރުކަޒުގައި ބޭނުންކުރަމުން އަންނަ އެމްބިއުލާންސް އަދި ވެހިކަލްތަކަށް ސާރވިސްކޮށް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެން ކަމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކޮށްދޭންޝައުޤުވެރިވާ ފަރާތްތައް 28 މާރިޗް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 06 އޭޕްރީލް 2021  ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30  އާއި ދެމެދު  [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.  

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 06 އޭޕްރީލް 2021 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. ރެޖިސްޓްރީ ކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 އޭޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 13:30ގައި މި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.   

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި އެއާއި ގުޅޭ ޑޮކިއުމަންޓްސް ގެޒެޓްގެ އެޓޭޗްމަންޓްގައި ކުރެވިފައިވާނެއެވެ.

                         27 މާރިޗް 2021

27 މާރިޗު 2021
ހޯދާ