އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވޯޓު ފޮށިތައް ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓު ފޮށިތަކުގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށިތައް ބަހައްޓާ ތަން އިޢުލާންކުރުން

ނަންބަރު: (IUL)38-CA/38/2021/124

އިޢުލާން

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި މާލެ ސިޓީގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތައް ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓު ފޮށިތަކުގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށިތައް ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަހައްދުގެ ތަފްސީލު

ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް

579

T6.5

ގަލޮޅު އުތުރު-5

މިފޮއްޓަށް ވޯޓުލާނީ މާލޭގެ ހިތްފަސޭހަގޯޅިއާއި ބޮޑުތަކުރުފާނުމަގު ގުޅޭ ނުކުތާއިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް، ޗާންދަނީމަގުން ދެކުނަށް، މެދުޒިޔާރަތްމަގުން އިރަށް، ޝަހީދު ޙުސައިން މުޙަންމަދު ހިނގުމުން ދެކުނަށް، ހިތަށްފިނިވާމަގުން އިރަށް، ސިއްކަގޯޅިން އުތުރަށް، ސިއްކަގޯޅިން އިރަށް، ސިއްކަގޯޅިން އުތުރަށް، ގުލޭނޫރަންމަގުން އިރަށް،ކަރަންކާމަގުން ދެކުނަށް، ވައިލެޓްގޯޅިން އިރަށް، އަބަދަށްފެހިމަގުން އުތުރަށް، މެދުޒިޔާރަތްމަގުން އިރަށް، ސޯސަންމަގުން އުތުރަށް، އަމީރުއަހުމަދުމަގުން ހުޅަނގަށް، ހިތްފަސޭހަގޯޅީން އުތުރަށް ގޮސް ހިތްފަސޭހަގޯޅިއާއި ބޮޑުތަކުރުފާނުމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މާލޭގެ ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓަރީގައިވާ ރައްޔިތުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 1I

190

T8.1

ގަލޮޅު ދެކުނު-1

މިފޮށްޓަށް ވޯޓު ލާނީ ދޮންއަދަރާދަހިނގުމާއި އަމީނީމަގާއި ގުޅޭ ނުކުތާއިން ފެށިގެން ދޮންއަދަރާދަހިނގުމުން އުތުރަށް، ލޮނުޒިޔާރަތްމަގުން ހުޅަނގަށް، ކޮއިމަލާހިނގުމުން ދެކުނަށް، ބުރުޒުމަގުން ހުޅަނގަށް، ރެހެނދިހިނގުމުން ދެކުނަށް، އަމީނީމަގުން އިރަށްގޮސް، ދޮންއަދަރާދަހިނގުމާއި އަމީނީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އިމާދުއްދީން ސްކޫލްގެ މިއުޒިކީ ހިނގުމުން 6 ނަންބަރު ގޭޓުންވަދެގެން ދާއިރު އުތުރު ފަރާތު ކުލާސްރޫމު 6ގައި

581

T8.5

ގަލޮޅު ދެކުނު-5

މިފޮށްޓަށް ވޯޓު ލާނީ މަލޭގެ ކޮއިމަލާހިނގުމާއި ބޮޑުތަކުރުފާނުމަގާއި ގުޅެ ނުކުތާއިން ކޮއިމަލާހިނގުމުން އުތުރަށް، އަމީނީމަގުން ހުޅަނގަށް، ރަށްދެބައިމަގުން ދެކުނަށް، ފަޅުމަތީމަގުން ހުޅަނގަށް، އާމިނާރަނިހިނގުމުން ދެކުނަށް، ބޮޑުތަކުރުފާނުމަގުން އިރަށްގޮސް، ކޮއިމަލާހިނގުމާއި ބޮޑުތަކުރުފާނުމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި ގަލޮޅު ދެކުނު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ މީހުންނެވެ.

 އިމާދުއްދީން ސްކޫލްގެ މިއުޒިކީ ހިނގުމުން 6 ނަންބަރު ގޭޓުންވަދެގެން ދާއިރު އުތުރުފަރާތު ކުލާސްރޫމު 4 ގައި

194

T9.1

ގަލޮޅު ހުޅަނގު-1

މި ފޮށްޓަށް ވޯޓްލާނީ މާލޭގެ، ދަނބުރުއްމަގާއި ކުދިމާގޯޅި ގުޅޭ ނުކުތާއިން، ކުދިމާގޯޅިން ހުޅަނގަށް، ނިކަގަސްމަގުން ދެކުނަށް، ގުމްރީގޯޅިން ހުޅަނގަށް، ޗާނދަނީމަގުން ދެކުނަށް، ކުރިކީލަމަގުން އިރަށް، ނިކަގަސްމަގުން ދެކުނަށް، ޖަމާލުއްދީން ހިނގުމުން އިރަށް، ރަށްދެބައިމަގުން އުތުރަށް، ލޮނުޒިޔާރަތްމަގުން އިރަށް، ސިއްތިމާވާ ހިނގުމުން އުތުރަށް، ބޮޑުރަސްގެފާނުމަގުން ހުޅަނގަށް، މިރިހިގޯޅިން އުތުރަށް، ހަލަވެލިގޯޅިން ހުޅަނގަށް، ރަށްދެބައިމަގުން ދެކުނަށް ، އަނޯނާގޯޅިން ހުޅަނގަށް، ދަނބުރުއްމަގުން އުތުރަށްގޮސް ދަނބުރުއްމަގާއި ކުދިމާގޯޅިއާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަގިސްޓްރީގައިވާ ރައްޔިތުންނެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ރަށްދެބައި ހިނގުމުގެ ދޮރާށިން ވަދެގެންދާއިރު ކްލާސް ރޫމް 3C

195

T9.2

ގަލޮޅު ހުޅަނގު-2

މި ފޮށްޓަށް ވޯޓްލާނީ މާލޭގެ، ރަށްދެބައިމަގާއި ދަނބުރުއްގޯޅިއާއި ގުޅޭ ނުކުތާއިން، ދަނބުރުއްގޯޅިން ހުޅަނގަށް، ދަނބުރުއްމަގުން ދެކުނަށް، އަނޯނާގޯޅިން އިރަށް، ރަށްދެބައިމަގުން ދެކުނަށް، ހަލަވެލި ގޯޅިން އިރަށް، މިރިހިގޯޅިން ދެކުނަށް ، ބޮޑުރަސްގެފާނުމަގުން އިރަށް، ސަބުދެރިޔާމަގުން އުތުރަށް، ހެލެނބެލިގޯޅިން ހުޅަނގަށް، ރަށްދެބައިމަގުން އުތުރަށް ގޮސް ރަށްދެބައިމަގާއި ދަނބުރުއްގޯޅިއާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ. 

ގަލޮޅު ސްކޫލްގެ ރުއްކެނޑިޔާ ހިނގުމުން ވަންނައިރު ހޯލުގެ އިރުމަތީކޮޅުގައި

582

T9.5

ގަލޮޅު ހުޅަނގު-5

މި ފޮށްޓަށް ވޯޓްލާނީ މާލޭގެ ޗާނދަނީމަގާއި ދެވިނަމަގު ގުޅޭ ނުކުތާއިން ފެށިގެން ދެވިނަމަގުން ހުޅަނގަށް، ދެވިނަމަގުން ދެކުނަށް، ކުރިކީލަމަގުން އިރަށް، ޗާނދަނީމަގުން އުތުރަށް ގޮސް ޗާނދަނީމަގާއި ދެވިނަމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި ގަލޮޅު ހުޅަނގު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 1J

583

T10.5

މައްޗަންގޮޅި އުތުރު-5

މިފޮށްޓަށް ވޯޓުލާނީ މަޖީދީމަގާ އަތަމާގޯޅިއާއި ގުޅޭ ނުކުތާއިން އަތަމާގޯޅިން އުތުރަށް، ޝަހީދުކުޑަނެވިތުއްތުމަނިކުހިނގުމުން ހުޅަނގަށް، ބުލްބުލްގޯޅިން އުތުރަށް، ކެނެރީމަގުން ހުޅަނގަށް، ޗަމްޕާމަގުން ދެކުނަށް، މަޖީދީމަގުންއިރަށް ގޮސް މަޖީދީމަގާއި އަތަމާގޯޅި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 2A

584

T10.6

މައްޗަންގޮޅި އުތުރު-6

މިފޮށްޓަށް ވޯޓުލާނީ މައްޗަންގޮޅި އުތުރު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްރީގައިވާ މީހުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 2B

585

T11.5

މައްޗަންގޮޅި މެދު-5

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ނިކަގަސްމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، ދިލްބަހާރުމަގުން ދެކުނަށް، ކުދިރަތްމާގޯޅިން އިރަށް، ޗާންދަނީމަގުން ދެކުނަށް، ގުމްރީގޯޅިން އިރަށް، ނިކަގަސްމަގުން އުތުރަށް ގޮސް ނިކަގަސްމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް1E

587

T12.5

މައްޗަންގޮޅި ދެކުނު-5

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، ވައިދެރި ހިނގުމާއި އިސްކަންދަރުމަގާއި ގުޅޭ ނުކުތާއިން ފެށިގެން، އިސްކަންދަރުމަގުން ހުޅަނގަށް، ބަޑިފަސްގަނޑު ހިނގުމުން ދެކުނަށް، ބުރުޒުމަގުން އިރަށް، މާފަތްތަކުރުފާނުމަގުން ދެކުނަށް، ބޮޑުތަކުރުފާނުމަގުން އިރަށް، ވައިދެރިހިނގުމުން އުތުރަށްގޮސް، ވައިދެރި ހިނގުމާއި އިސްކަންދަރުމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ފެކަލްޓީ އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ދަނާލު ކުރިމަތީ ގޭޓުން ވަދެގެންދާއިރު ދެކުނު ފަރާތު ހުސް ޖާގައިގައި

588

T12.6

މައްޗަންގޮޅި ދެކުނު-6

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، މާލެ ސިޓީ ދަފްތަރުގައި ހިމެނިފައިވާ މީހުންގެ ތެރެއިން، މައްޗަށްގޮޅި ދެކުނު ދާއިރާއަށް ނިސްބަތްވާ މީހުންނެވެ.

ފެކަލްޓީ އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ރަށްދެބައި ހިނގުން ގޭޓުން ވަދެގެންދާއިރު އިރުމަތީ ފަރާތު ހުސް ޖާގައިގައި

216

T14.3

މާފަންނު އުތުރު-3

މިފޮށްޓަށް ވޯޓުލާނީ މާލޭގެ ލައިނޫފަރުމަގާއި ފީރޯޒުމަގާއި ގުޅޭ ނުކުތާއިން ފެށިގެން ފީރޯޒުމަގުން ހުޅަނގަށް، ޝާރިޢުވަރުދީއިން ދެކުނަށް، ކާރނޭޝަންމަގުން އިރަށް، އޯކިޑްމަގުން އިރަށް، ފެންފިޔާޒުގޯޅިން އުތުރަށް، ފިޔާތޮށިމަގުން ހުޅަނގަށް، ލައިނޫފަރުމަގުން ދެކުނަށް ގޮސް ލައިނޫފަރުމަގާއި ފީރޯޒުމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

މާފަންނު މަދަރުސާގެ މަޖީދީމަގުގެ ގޭޓުން ވަންނައިރު އުތުރު ފަރާތު ނާސަރީ 1 ކްލާސްރޫމްގައި  

591

T14.5

މާފަންނު އުތުރު-5

މިފޮށްޓަށް ވޯޓުލާނީ މާލޭގެ ރަތްފުސްގޯޅިއާއި ފަރީދީމަގާ ގުޅޭ ނުކުތާއިން ފަރީދީމަގުން ހުޅަނގަށް، ފަނޑިޔާރުމަގުން އިރަށް، ޗަންޕާމަގުން އުތުރަށް، ރަތްފުސްގޯޅިން އުތުރަށް ގޮސް ރަތްފުސްގޯޅިއާއި ފަރީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގެ ކަނބާއައިސަރަނި ހިނގުމުގެ އިރުއުތުރު ފަރާތު ދޮރުން ވަދެގެންދާއިރު ހޯލުގެ ހުޅަނގު ދެކުނު

592

T14.6

މާފަންނު އުތުރު-6

މިފޮށްޓަށް ވޯޓުލާނީ މާލޭގެ މާފަންނު އުތުރު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ މީހުންނެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގެ ކަނބާއައިސަރަނި ހިނގުމުގެ އިރުއުތުރު ފަރާތު ދޮރުން ވަދެގެންދާއިރު ހޯލުގެ ހުޅަނގު އުތުރު

222

T16.1

މާފަންނު ހުޅަނގު-1

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، ނެދުންގޯޅިއާއި މުނިޔާމަގާއި ގުޅޭ ނުކުތާއިން މުނިޔާމަގުން ހުޅަނގަށް، ހަނދުވަރީހިނގުމުން އުތުރަށް، ފުލޫނިޔާމަގުން ހުޅަނގަށް، އިއްޒުއްދީންމަގުން ދެކުނަށް، ސަބުދެލިމަގުން އިރަށް، ހަނދުވަރީހިނގުމުން އުތުރަށް، މަޖީދީމަގުން އިރަށް، ނެދުންގޯޅިން އުތުރަށް ގޮސް، ނެދުންގޯޅިއާއި މުނިޔާމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގެ ކަނބާއައިސަރަނި ހިނގުމުގެ އިރުއުތުރު ފަރާތު ދޮރުން ވަދެގެންދާއިރު ހޯލުގެ އިރު ދެކުނު

223

T16.2

މާފަންނު ހުޅަނގު-2

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، އިއްޒުއްދީންމަގާއި ފުލޫނިޔާމަގާއި ގުޅޭނުކުތާއިން ފުލޫނިޔާމަގުން ހުޅަނގަށް، ކަނބާއައިޝާރަނި ހިނގުމުން އުތުރަށް، ހަވީރީހިނގުމުން ހުޅަނގަށް، ބޮޑުތަކުރުފާނުމަގުން ދެކުނަށް، މަޖީދީމަގުން އިރަށް، އިއްޒުއްދީންމަގުން އުތުރަށް ގޮސް، އިއްޒުއްދީންމަގާއި ފުލޫނިޔާމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގެ ކަނބާއައިސަރަނި ހިނގުމުގެ އިރުއުތުރު ފަރާތު ދޮރުން ވަދެގެންދާއިރު ހޯލުގެ އިރު އުތުރު

595

T16.5

މާފަންނު ހުޅަނގު-5

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ،  ކަނބާއައިޝާރަނި ހިނގުމާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، ބޮޑުތަކުރުފާނުމަގުން ދެކުނަށް، ތާޖުއްދީންހިނގުމުން އިރަށް،  ކަނބާއައިޝާރަނި ހިނގުމުން އުތުރަށް، ބްލޫކިޔާމަގުން އިރަށް، ޝަޙީދުއަލީ ހިނގުމުން އުތުރަށް، އިރަމާމަގުން ހުޅަނގަށް،  ކަނބާއައިޝާރަނި ހިނގުމުން އުތުރަށް ގޮސް، ކަނބާއައިޝާރަނި ހިނގުމާއި މަޖީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.  

ސޯޝަލް ސެންޓަރު މަޖީދީމަގުން ވަދެގެންދާއިރު އިންޑޯހޯލު ލޮބީގެ އިރުމަތީކޮޅު

596

T16.6

މާފަންނު ހުޅަނގު-6

މާފަންނު ހުޅަނގު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ މީހުންނެވެ

ސޯޝަލް ސެންޓަރު މަޖީދީމަގުން ވަދެގެންދާއިރު އިންޑޯހޯލު ލޮބީގެ ހުޅަނގުކޮޅު

228

T17.3

މާފަންނު ދެކުނު-3

މިފޮށްޓަށްވޯޓުލާނީ މާލޭގެ ޢިއްޒުއްދީންމަގާއި ބޮޑުތަކުރުފާނުމަގާ ގުޅޭ ނުކުތާއިން ފެށިގެން ބޮޑުތަކުރުފާނުމަގުން އިރަށް، ހިލާލީމަގުން އުތުރަށް، އިސްކަންދަރުމަގުން އިރަށް، ގުލްހަޒާރުގޯޅިން އުތުރަށް، ނަސީމީހިނގުމުން އިރަށް، އުނިގަސްމަގުން އުތުރަށް، ދަކަނދާމަގުން ހުޅަނގަށް، ހަނދުވަރީހިނގުމުން ދެކުނަށް، މުރަނގަމަގުން ހުޅަނގަށް، ޢިއްޒުއްދީންމަގުން ދެކުނަށް، ބުރުޒުމަގުން އިރަށް، ހަނދުވަރީހިނގުމުން ދެކުނަށް، އަމީނީމަގުން ހުޅަނގަށް، ޢިއްޒުއްދީންމަގުން ދެކުނަށް ގޮސް ޢިއްޒުއްދީންމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

މާފަންނު މަދަރުސާގެ މަޖީދީމަގުގެ ގޭޓުން ވަންނައިރު އުތުރު ފަރާތު ނާސަރީ 2 ކްލާސްރޫމްގައި  

598

T17.6

މާފަންނު ދެކުނު-6

މިފޮށްޓަށްވޯޓުލާނީ މާލެ ސިޓިގެ މާފަންނު ދެކުނު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ މީހުންނެވެ.

މާފަންނު މަދަރުސާގެ މަޖީދީމަގުގެ ގޭޓުން ވަންނައިރު އުތުރު ފަރާތު ނާސަރީ 3 ކްލާސްރޫމްގައި  

232

T18.3

ވިލިމާލެ-3

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގެ ކަޅުތުއްކަލާމަގާއި ވާރުހިނގުމާއި ގުޅޭ ނުކުތާއިން ވާރުހިނގުމުން ހުޅަނގަށް، ރަށްވެހިހިނގުމުން ދެކުނަށް، ވެށިހިނގުމުން އިރަށް، ކަޅުތުއްކަލާމަގުން އުތުރަށް، ހިރުނދުމާގޯޅިން ހުޅަންގަށް، ނިކަގޯޅިން އުތުރަށް، ބުރެވިމާގޯޅިން އިރަށް، ކަޅުތުއްކަލާމަގުން އުތުރަށް ގޮސް ކަޅުތުއްކަލާމަގާއި ވާރުހިނގުމާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

މުހިއްޔިއްދީން ސްކޫލްގެ ރީޗް ކްލާސް ރޫމްގައި

504

HT.1

ކ. އަތޮޅު، މާލެ-1

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ކ. ކާށިދޫ،  ގާފަރު އަދި ދިއްފުށި، މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ބިއްލޫރިޖެހިގޭގެ ހޯލުގައި

505

HT.2

ކ. އަތޮޅު، މާލެ-2

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ކ. ތުލުސްދޫ، ހުރާ، ހިންމަފުށި، ގުޅި، މާފުށި އަދި ގުރައިދޫ މި 6 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 1B

506

UT.1

އއ. އަތޮޅު، މާލެ-1

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  އއ. ބޮޑުފުޅަދޫ، އުކުޅަސް، ރަސްދޫ އަދި ތޮއްޑޫ މި 4 ރަށުގެ  ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ

ހެންވޭރު ދަނޑުގައި

507

UT.2

އއ. އަތޮޅު، މާލެ-2

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  އއ. މަތިވެރި، ފެރިދޫ، މާޅޮސް އަދި ހިމަންދޫ މި 4 ރަށުގެ  ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ

ހެންވޭރު ދަނޑުގައި

508

IT.1

އދ. އަތޮޅު، މާލެ-1

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  އދ. ހަންޔާމީދޫ، މަހިބަދޫ، އޮމަދޫ، ކުނބުރުދޫ އަދި ދަނގެތި މި 5 ރަށުގެ  ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ

ހެންވޭރު ދަނޑުގައި

509

IT.2

އދ. އަތޮޅު، މާލެ-2

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  އދ. ދިގުރަށް، ދިއްދޫ، މާމިގިލި، ފެންފުށި އަދި މަންދޫ މި 5 ރަށުގެ  ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ

ހެންވޭރު ދަނޑުގައި

615

KT.3

މ. އަތޮޅު، މާލެ-3

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. މުލަށް، ރަތްމަންޑޫ އަދި ވޭވަށް މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

 ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ލިލީމަގުން ވަދެގެންދާއިރު ހޯލުގެ އުތުރުފަރާތު ހުސްޖާގައިގަ

517

NT.1

ތ. އަތޮޅު، މާލެ-1

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ. ވިލުފުށި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ޥޯޓުލުމަށް ރަހިސްޓްރީވެފައިވާ ރައްޔިތުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 1F

618

NT.7

ތ. އަތޮޅު، މާލެ-7

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ. އޮމަދޫ އަދި މަޑިފުށި މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރައްޔިތުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 1G

619

NT.8

ތ. އަތޮޅު، މާލެ-8

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ. ދިޔަމިގިލި، ގާދިއްފުށި އަދި ވޭމަންޑު މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރައްޔިތުންނެވެ.

އަމީނިއްޔާ ސްކޫލް، ޗާންދަނީމަގުގައި އިންނަ 2 ނަންބަރު ގޭޓުން ވަނދެގެން ދާއިރު ފުރަތަމަ ފަންގިފިލާގެ ކުލާސް ރޫމް 1H

522

OT.1

ލ. އަތޮޅު، މާލެ-1

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގަމު ތުނޑީއަވަށު ރައްޔިތުންނާއި މަތިމަރަދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރިވެފައިވާ ރައްޔިތުންނެވެ.

ހެންވޭރު ދަނޑުގައި

523

OT.2

ލ. އަތޮޅު، މާލެ-2

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ދަނބިދޫ، އިސްދޫ އަދި މުންޑޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރައްޔިތުންނެވެ.

ހެންވޭރު ދަނޑުގައި

524

OT.3

ލ. އަތޮޅު، މާލެ-3

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. މާބައިދޫ އަދި ފޮނަދޫ މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރައްޔިތުންނެވެ.

ހެންވޭރު ދަނޑުގައި

525

OT.4

ލ. އަތޮޅު، މާލެ-4

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ކަލައިދޫ އަދި މާވަށު މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރައްޔިތުންނެވެ.

ހެންވޭރު ދަނޑުގައި

620

OT.5

ލ. އަތޮޅު، މާލެ-5

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގަމު މުކުރިމަގު އަވަށު ރައްޔިތުންނާއި ތުނޑީ އަވަށުގެ ޚާއްޞަ ދަފްތަރުގައިވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރައްޔިތުންނެވެ.

ހެންވޭރު ދަނޑުގައި

621

OT.6

ލ. އަތޮޅު، މާލެ-6

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. މާމެންދޫ، ކުނަހަންދޫ އަދި ހިތަދޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރައްޔިތުންނެވެ.

ހެންވޭރު ދަނޑުގައި

542

RT.3

ފުވައްމުލަކު ސިޓީ، މާލެ-3

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ފުވައްމުލައް ސިޓީގެ ފުވައްމުލައް މެދު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

ހެންވޭރު ޔޫތު ސެންޓަރގެ (މުނިއުފާ) ޓޭބަލް ޓެނިސް ކޯޓުގެ އުތުރުކޮޅުގައި

545

ST.3

އައްޑޫ ސިޓީ، މާލެ-3

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ފޭދޫ މަގުއްދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ޥޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

މަޖީދިއްޔާ ސްކޫލްގެ މެދުޒިޔާރަތްމަގު ގޭޓުން ވަންނައިރު އުތުރުފަރާތު 2 ނަންބަރު ކްލާސްރޫމްގައި

546

ST.4

އައްޑޫ ސިޓީ، މާލެ-4

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ފޭދޫ މާދެލާ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ޥޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ.

މަޖީދިއްޔާ ސްކޫލްގެ މެދުޒިޔާރަތްމަގު ގޭޓުން ވަންނައިރު އުތުރުފަރާތު 1 ނަންބަރު ކްލާސްރޫމްގައި

552

ST.10

އައްޑޫ ސިޓީ، މާލެ-10

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ މަރަދޫފޭދޫ  އަވަށުގެ ރަޖިސްޓަރީގައިވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ.

ކަލާފާނު ސްކޫލްގެ ބުރުޒުމަގު ދޮރޯށިން ވަންނައިރު އުތުރު ފަރާތު 2B ކުލާސްރޫމްގައި   

567

YT.15

 ވިލިމާލެ، އެހެނިހެން-2

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގައި ދިރިއުޅޭ ރ، ބ، ޅ، ކ، އއ، އދ، ވ މި 7 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނާއި، ވިލިމާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ.

ވިލިމާލެ ޔޫތް ސެންޓަރުގެ ހޯލުގައި

568

YT.16

 ވިލިމާލެ، އެހެނިހެން-3

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގައި ދިރިއުޅޭ މ، ފ، ދ، ތ، ލ، ގއ މި 6 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ.

ވިލިމާލެ ޔޫތް ސެންޓަރުގެ ހޯލުގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

27 މާރިޗު 2021
ހޯދާ