އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އަމިއްލަ ގަލަމެއް ބޭނުންކުރުން
ނަންބަރު:(IUL)38-CA/38/2021/122
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020
ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އަމިއްލަ ގަލަމެއް ބޭނުންކުރުން
"ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު" ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ވޯޓުލާން ވަޑައިގަންނަވާއިރު ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް މިކޮމިޝަނުން ބާރުއަޅަމެވެ. މިގޮތުން ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް، މި ކޮމިޝަނުން ނިންމާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
25 މާރިޗު 2021
ހޯދާ