މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
"މާލޭ ކޮމާޝަލް ހާބަރގައި މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު" ބަދަލު ވުމާއި ބެހޭ ގޮތުން.

            މިކުންފުނީގައި ކުރިން ޢަމަލު ކުރަމުން އައި "މުދާ ކްލިއަރ ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު" އިސްލާހު ކުރެވި އެ ޤަވާއިދަށް ބަދަލުތަކެއް ގެނެވި މިހާރު ވަނީ "މާލޭ ކޮމާޝާލް ހާބަރގައި މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު" މިނަމުގައި އައު ޤަވާއިދެއް ކުންފުނީގެ ބޯޑުން ފާސް ކޮށްފައެވެ. ކުރިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތައް އައު ޤަވާއިދުގެ ދަށަށް ގެންދިޔުމަށްޓަކައި ބަނދަރު ޕޯޓަލްގައި ރަޖިސްޓްރޭޝަންއަށް ހެދިފައިވާ ޕްރޮސަސްގެ ތެރެއިން ކުރިޔަށް ދާނެ ކަމުގައި ދަންނަވަމެވެ. އަދި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން މިކުންފުނީގެ ބަނދަރު ޕޯޓަލްއިން އޮންލައިންކޮށް ރަޖިސްޓްރޭޝަންއަށް އެޕްލައި ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަލަށް ފާސް ކުރެވުނު ޤަވާއިދު މިކުންފުނީގެ ވެބްސައިޓް  https://port.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

             ވީމާ، މިއަދުން ފެށިގެން މާލޭ ކޮމާޝަލް ހާބަރ އާއި ހުޅުމާލެ ޓާރމިނަލްގައި ޢަމަލު ކުރެވެމުންދާނީ އަލަށް އެކުލަވާލެވުނު "މާލޭ ކޮމާޝާލް ހާބަރގައި މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު"ގެ ދަށުން ކަމުގައި މިކުންފުނިން ޚިދުމަތް ހޯއްދަވާ ހުރިހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަމެެ.

25 މާރިޗު 2021
ހޯދާ