މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުން

އިޢުލާން

 

1442ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުން.

 

1442 ވަނަ އަހަރުގެ ރަމަޟާންމަހު ރ.އަލިފުށި މަސްޖިދުލް ހުދާ (ހުކުރު މިސްކިތް) ގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރަން ވަޑައިގަންނަވާ ޙާފިޡަށް މިއިދާރާގެ ފަރާތުން ހަމަޖައްސާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

  • ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް 400 (ހަތަރު ސަތޭކަ) ރުފިޔާ
  • ޙާފިޡުންގެ ދަތުރު ޚަރަދާއި ، ފަރިއްކޮޅު އަދި ހުރުމުގެ ޚަރަދު

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުންތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާގެލިޔުންތަކާއި އަދި އައިޑީކާޑްގެ ކޮޕީއާއެކު 2021 މާރިޗް 31  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. މިކަމަށް 01 ފަރާތަށް ވުރެ ގިނަ ފަރާތުން ސިޓީ ހުށަހަޅައިފިނަމަ، އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޮވާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

            މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

            12  ޝަޢުބާން 1442

            25   މާރިޗް  2021

25 މާރިޗު 2021
ހޯދާ