ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫ ޤަބުރުސްތާނުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިޢުލާން)

ލ.ހިތަދޫ ޤަބުރުސްތާނުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް 11 މާރޗް 2021 ގައި ކުރެވުނުން މިއިދާރާގެ ނަންބަރު: (IUL)404-ESMS /2021/9 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިއުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާންކުރީމެވެ.

  1. މި މަޝްރޫޢު ބެހޭގޮތުން  މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 04 އޭޕްރީލް 2021 ގެ 14:00 ގެ ކުރިން [email protected]  އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 8 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ލ.ހިތަދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީ ވުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  4. ބަދަލަގައި މީހަކު ފޮނުވާނަމަ، ފޮނުވަންޖެހޭނީ އެކަންބަޔާންކޮށް ސިޓީއަކާއެކުގައެވެ. އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑް ކޮޕީ ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން 6800005، އީމެއިލް: [email protected]

      ވީމާ، މިކަންޢާއްމުކޮށްއަންގަ އިޢުލާންކުރީމެވެ.

25 މާރިޗު 2021
ހޯދާ