މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދު (ގަވައިދު ނަންބަރު: 2021/R-28) ގެ ދަށުން ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލުން

އިޢުލާން

ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދު (ގަވައިދު ނަންބަރު: 2021/R-28) ގެ ދަށުން ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލުން

 

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:29/2015 ) ގެ ދަށުން އެކުލަވާލާފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދު (ގަވައިދު ނަންބަރު: 2021/R-28) ގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އެހެންކަމުން މިގަވައިދުގެ ދަށުން މިމިނިސްޓްރީ ގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހުޅުވާލަމެވެ. އަދި ދަންނަވަމެވެ. މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުއްވުމަށްފަހު އެތަނެއް ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް މިމިނިސްޓްރީއިން ނަގާނެ ވާހަކަ ދެންނެވީމެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް މިމިނިސްޓްރީގެ ވެބްސައިޓުންނާއި މިމިނިސްޓްރީގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މިމިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިވިޜަންގެ ނަންބަރު 3014426  ފޯނަށް ގުޅުއްވައިގެން ސާފު ކުރެއްވުމަށް އެދި ދެންނެވީމެވެ.

24 މާރިޗު 2021
ހޯދާ