މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
442 1ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުން.

                                       (IUL)337/337/2021/19  ނަމްބަރ

 

އިޢުލާން

 

442 1ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުން.

    1442 ވަނަ އަހަރުގެ ރަމަޟާންމަހު ކ. މާފުށީގެ މަސްޖިދުލް ފާރޫޤުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރަން ވަޑައިގަންނަވާ ޙާފިޡަށް މިއިދާރާގެ ފަރާތުން ހަމަޖައްސާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

  • ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު
  • ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް 400 (ހަތަރު ސަތޭކަ) ރުފިޔާ

 

                 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް " ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކާއެކު 2021 މާރިޗް 31  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. މިކަމަށް 01 ފަރާތަށް ވުރެ ގިނަ ފަރާތުން ފޯމް ހުށަހަޅައިފިނަމަ، އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޮވާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

             އިމާމުވެ ޙިފުޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް (7503616) އަށް ގުޅުއްވުން އެދެމެވެ.

 

                 11  ޝަޢުބާން  1442

                 24  މާރޗް    2021

24 މާރިޗު 2021
ހޯދާ