މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮނީޓަރިންގެ ޙާލަތުގައި ޚިދުމަތްދިނުމާއި ގުޅޭ

ރ.އުނގޫފާރުން މަޑުއްވަރިއަށް ދަތުރުކޮށްފައިވާ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެހެންކަމުން މިއިދާރާއަށް ކޮންމެހެން ދުރުވެގެން ނޫނީ ހޯދޭނެ ޚިދުމަތްތައް ފިޔަވާ އެހެނިހެން ޚިދުމަތްތައް ހޯދުމަށް މިއިދާރާގެ ނަންބަރު 6580025 އާ ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. ޚިދުމަތްތަކަށް އެދޭ ފޯމުތައް މިއިދާރާގެ ވެބްސައިޓް www.raamaduvvari.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިއިދާރާއިން ދޭ އެކިއެކި ޚިދުމަތްތަކަށް ދައްކަވާ ފައިސާ އާއި ބިމުކުލީގެ ގޮތުގައި ދައްކަވާ ފައިސާ 1349 ރެވެނިއު 1 ނަންބަރު 7717700482001 އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސެކްޝަން ސްލިޕް 7939355 އަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. ޓްރާންސްފަރ ކުރައްވާއިރު ފައިސާ ދެއްކެވި ފަރާތާއި ފައިސާ ދެއްކެވީ ކޮން ޚިދުމަތަކަށްކަން ނުވަތަ ކޮން ކުލީބިމަކަށްކަން އެނގޭނެގޮތަށް ރިމާކްސް ބައި ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

2 މާރިޗުގެ ފަހުން އުނގޫފާރަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައާއި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތާއި ސީދާ ބައްދަލުވެފައިވާ ފަރާތްތަކުގެ ތެރޭގައި މިއިދާރާގެ މުވައްޒަފުން ހިމެނޭތީ މިއިދާރާގެ ގިނަ މުވައްޒަފުންތަކެއް މިވަގުތު ތިބީ ކަރަންޓީނުގައެވެ. އެހެންކަމުން މިއިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައި.ޑީ. ކާޑު ހެއްދުމުގެ ޚިދުމަތާއި ގޯތިގެދޮރާއި ގުޅުންހުރި ޚިދުމަތްތަކާއި، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަންކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

24 މާރިޗު 2021

24 މާރިޗު 2021
ހޯދާ