މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ށ.ފޭދޫ މަގުތަކުގައި ބައްތި ޖެހުމަށް ކޭބަލްގަތުން

ށ.ފޭދޫ މަގުތަކުގައި ބައްތި ޖެހުމަށް ކޭބަލް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

މަޢުލޫމާތު ސާފުކުރުން

ބީލަން ބަލައިގަތުމާއި ހުޅުވުން

ތަން

28 މާރިޗް 2021

ގަޑި: 10:00

1 އޭޕްރިލް 2021

 ގަޑި: 10:00

ށ.ފޭދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

މިބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ 31 މާރިޗް 2021ވަނަ ދުވަހުގެ 10:00ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބު އެދުވަހެއްގެ 14:00ގެ ކުރިން ފޮނުވޭނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ

 

ފޯނު ނަންބަރ:

 

ވެބްސައިޓް:

 

އީމެއިލް:

 

6540045

www.feydhoo.gov.mv

[email protected]

24 މާރިޗު 2021
ހޯދާ