މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ބޭނުމަށް ޓެބްލެޓާއި ސާރވޭ ކުރުމަށް ބޭނުންވާތަކެތި ގަތުމަށް

 

ގްރާންޓް ނަމްބަރ: D199-MV

ޕްރޮޖެކްޓް ރެފަރެންސް ނަމްބަރ:  MV-MEE-158424-GO-RFQ
 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ބޭނުމަށް ޓެބްލެޓާއި ސާރވޭ ކުރުމަށް ބޭނުންވާތަކެތި ގަތުމަށް

 

ތާރީޚް: 23 މާރިޗް 2021                                                               (IUL)438-MCEP/438/2021/85 :ނަންބަރު

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ބޭނުމަށް ޓެބްލެޓާއި، ސާރވޭ ކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޭޕްރިލް 1 ވާ ބުރާސްފަތި ދުވަހު 10:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން އިން 30 މާރިޗް 2021 ގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު ގެޒެޓަށް އަޕްލޯޑް ކޮށްފައިވާ ބީލަންފޮތުގައި ވާނެއެވެ. 

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

މި މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ 2021 އޭޕްރިލް 1 ވާ ބުރާސްފަތި ދުވަހު 10:30ގެ ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

23 މާރިޗު 2021
ހޯދާ