ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ވިލިނގިލީ ފެރީޓާމިނަލް މަރާމަތު ކުރުމާއިބެހޭ

                                                          ނަންބަރ: (IUL)241-B/241/2021/5

އިޢުލާން

ގއ. ވިލިނގިލީ ފެރީޓާމިނަލް މަރާމާތު ކުރުމާއިބެހޭ          

                   ގއ. ވިލިނގިއްޔަށް ލަފާފުރާ އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވިލިނގިއްޔަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ދަތުރުވެރިންނަށް އެކަށީގެންވާ ރަގަޅުފެންވަރަކަށް ޚިދްމަތް ދިނުމަށްޓަކައި ވިލިނގިލީގައި މިހާރު ގާއިމްކުރެވިފައިވާ ފެރީޓާމިނަލް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.  ވީމާ ، މިއިދާރާއިން ދޭ ކުރެހުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިޑް ހުށަހެޅުމަށް ޝާއުގުވެރިވާ ފަރާތްތަކުން 25 މާރޗް 2021 އިން ފެށިގެން 08 އެޕްރީލް 2021  ގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ.  މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކާއި ،  އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް މައުލޫމާތު ދެވޭ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

ތަފްޞީލް

ތާރީޚް

ވަގުތު

ތަނުގެ ނަން

ޕްރީބިޑް މީޓިންގ

15 އެޕްރީލް  2021

10.30

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ބިޑް ހުށަހެޅުން

20 އެޕްރީލް  2021

11.00

ގއ.އަތޮޅުކައުންސިލްގެ އިދާރާ

 

                    މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

              ހުށަހަޅުއްވާ އަގަށް                 60%

              ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  15%

              މުއްދަތު                        10%

              މާލީތަނަވަސްކަމަށް                 15%

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

10 ޝައުބާން    1442 ހ.

23 މާރޗް      2021 މ.

 

23 މާރިޗު 2021
ހޯދާ