މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
1. މިއޮތޯރިޓީ އަށް 10 ޔޫ.ޕީ.އެސް، 4 ކޮމްޕިޔުޓަރ ސިސްޓަމް އަދި 1 ވަރކް ސްޓޭޝަން (ކޮމްޕިޔުޓަރ ސިސްޓަމް) ގަތުމަށް ބޭނުންވެއެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިއޮތޯރިޓީ އަށް 10 ޔޫ.ޕީ.އެސް، 4 ކޮމްޕިޔުޓަރ ސިސްޓަމް އަދި 1 ވަރކް ސްޓޭޝަން (ކޮމްޕިޔުޓަރ ސިސްޓަމް) ގަތުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 31 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 

3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 01އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 31 މާރިޗު 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

 10 ޝައުބާން 1442ހ.

23 މާރިޗު 2021މ.

23 މާރިޗު 2021
ހޯދާ