ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިއްޙީ މަރުކަޒުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި މި ކައުންސިލާ ދެމެދު ވެވުފައިވާ އެއްބަސްވުމުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ފިނޭ ޞިއްޙީ މަރުކަޒުގެ ވަށާ ފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)259/2021/05 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށައަޅާފައިނުވަތީ އެ އިޢުލާން ބާޠިލުކޮށް އަލުން ބިޑް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021  އޭޕްރީލް 4  ވާ އާދީއްތަ ދުވަހުގެ 10:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު ، 2021 އޭޕްރީލް 18 ވާ އާދީއްތަ ދުވަހުގެ 10:00 ށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކަށް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.  މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓް ގެ ރަޖިސްޓުރީ ކޮޕީ ގެ އިތުރުން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑް ކޮޕީ ހުށަހަޅުއްވަންވާނެއެވެ.  މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

23 މާރިޗު 2021
ހޯދާ