ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިއުލާން

ރުއް ގަސްތަކުގެ ވެރިފަރާތް ހޯދުން

          މިރަށު އިންޖީނުގޭ ސައްރައްދާއި ހަދަމުންދާ ކުނިކޮށީގެ އިރުން އޮތް ހުސްބިމުގައިވާ ރުއް ގަހުގެ ވެރިފަރާތެއް ހޯދުމަށް މިވަނީ ބޭނުންވެފައެވެ.

          ވީމާ، މި ދެންނެވި ބިންތަކުގައިވާ ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 31 މާޗް 2021 ވާ ބުދަދުވަހު ދުވަހު 13:00 ގެ ކުރިން ރުއް ގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީ އަކުން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.

 

         10 ޝައުބާން 1442

         23 މާޗް 2021

23 މާރިޗު 2021
ހޯދާ