ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު
"ގަވާއިދު ނަންބަރ(No: R-22/2021) (ފެނުގެ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި ބެހޭ ގަވާއިދު) ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށް ދޭނޭ ފަރާތެއް ހޯދުމާއި ބެހޭ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ ފެނުގެ މަޝްރޫޢުގެ ދަށުން 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން ފެނާއި ނަރުދަމާގެ ދާއިރާ ޚަރުދަނާ ކުރުމަށްޓަކައި އެކުލަވާލައި ތަސްދީގުކޮށްފައިވާ ގަވާއިދު ނަންބަރު (R-22/2021) (ފެނުގެ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި ބެހޭ ގަވާއިދު) ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށްޓަކައި 'ލޯކަލް ކޮންސަލްޓަންޓް' އެއްއައްޔަންކުރުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.
'ފެނުގެ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި ބެހޭ ގަވާއިދު ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
(ހ) އިނގިރޭސިބަހުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ޤާނޫނާއި ނުވަތަ ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން މި ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
(ށ) ތަރުޖަމާ ކުރުމުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
(ނ) ތިމާވެށީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
(ރ) ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ހެދިފައިވާ އުސޫލުތަކުގެ މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
ވީމާ މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އަގު
މި މަޤާމަށް ހޮވޭ ފަރާތަށް ކޮންސަލްޓަންސީ ފީއެއްގެ ގޮތުގައި އެފަރާތަކުން ހުށަހަޅުއްވާ ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޝެޑިއުލްއާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 70 ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ދެވިފައިވާ ފޯމެޓާ އެއްގޮތަށް)
- މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްކުރެވިފައިވާ ކޮޕީ
- "ޓަރމްސް އޮފް ރިފެރެންސް" ގައި ވާގޮތަށް ފުރިހަމަކޮށްފައިވާ 'ފައިނޭންޝަލް ޕްރްޕޯސަލް" ފޯމް
- މަސައްކަތް ނިންމިކަމުގެ ލިޔުންތައް
ރަޖިސްޓަރީ ކުރެއްވުމާއި މައުލޫމާތު ސާފު ކުރެއްވުން
މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން proc.gcfws @environment.gov.mv އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 29 މާރިޗް 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 29 މާރިޗް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ ([email protected]).
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 04 އޭޕްރިލް 2021 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 04 އޭޕްރިލް 2021 ވަނަ ދުވަހުގެ 11:00 ޖަހާ އިރު ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ..
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޕްރޮޖެކްޓް މެނޭޖަރ
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018395
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކޮށް އެއްކަރުދާސް ކުރެވި އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް , 3018395 އަށް ގުޅުއްވުން ނުވަތަ [email protected]
އަށް އީމެއިލް ކޮއްދެއްވުމަށް އެދެމެވެ.
23 މާރިޗް 2021