މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

 

ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުން

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި (ޕެންޝަން އޮފީސް) ގްރެޖުއޭޓް ޓްރެއިނީ އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.  

ދާއިރާ:              އެކްޗޫރިއަލް ސައިންސް (އިންވެސްޓްމަންޓް އެންޑް ފައިނެންޝިއަލް މެނޭޖްމަންޓް ޑިވިޝަން)

ދާއިރާ:              އާރޓިފިޝަލް އިންޓަލިޖެންސް (ޑޭޓާ އެންޑް އެޕްލިކޭޝަން ޑިޕާރޓްމަންޓް)

މުއްދަތު:            01  އަހަރު

ވީމާ، ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންވާ ފަރާތްތަކުން ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ. 

  • ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް

  • ވަނަވަރު (ސީވީ) 

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (ޓްރާންސްކްރިޕްޓް ހިމެނޭގޮތަށް) 

  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ) 

އަދި، މިދާއިރާތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް  www.pension.gov.mvގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ސުންގަޑި: 

މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެއްވުމަށް ފަހު 5 އޭޕްރިލް 2021 ވަނަ ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441 

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.)

 

23 މާރިޗު 2021
ހޯދާ