އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކަރަންޓު ވިއުގަ މަރާމާތުކުރުން

ކަރަންޓް ވިއުގަ މަރާމާތުކުރުން

 

  1. މި މަރުކަޒުގެ ކަރަންޓް ވިއުގަ ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)GS40/2021/02 (03 މާރޗް 2021) އިޢުލާނުގައި ބައެއް މަޢުލޫމާތުތައް ފުރިހަމަ ނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މާރޗް 22 އިން 2021 މާރޗް 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓު ނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާދެވޭނެއެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރޗް 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 މާރޗް 28 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.

 

  1. ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ 2021 އޭޕްރިލް 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މަރުކަޒުގައެވެ.

 

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އއ.އަތޮޅު ތަޢުލީމީ މަރުކަޒު

އއ.ރަސްދޫ ، ދިވެހިރާއްޖެ

ފޯން:  6660020

އީ-މެއިލް: [email protected]

 

22 މާރިޗު 2021
ހޯދާ