އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބް 2020 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން

 (IUL)38-AD/38/2021/115: ނަންބަރ

އިޢުލާނު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބް 2020 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން

    ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބް 2020 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

W-015/2021/38

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބް 2020 ގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުން

8,000/-ރުފިޔާ

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021މާރޗް 27 ވާ ހޮނިހިރު ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ.

މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.ބީލަން ހުޅުވުން އޮންނާނީ 2021މާރޗް 28 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ،

ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

05 ޝަޢުބާން 1442

 

18 މާރިޗު 2021
ހޯދާ