އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ނުބަހައްޓާ ސިނާއީ މަސައްކަތްކުރާ ތަންތަން

 (IUL)38-CA/38/2021/114 :ނަންބަރު

އިޢުލާން                                                                                               

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި

ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން އައްޑޫސިޓީ ގަމާއި ކ. ތިލަފުށީގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ

އަދަދަށްވުރެ މަދުން މިތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ނިންމައިފީމެވެ. އަދި މި ތަންތަނުގައި މަސައްކަތްކުރާ

ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ

ކުރަން ޖެހޭނެ ކަމުގައި ދަންނަވަމެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ނުބަހައްޓާ ސިނާއީ މަސައްކަތްކުރާ ތަންތަން

#

ފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަން

ރަށުގެ ނަން

1

V1.1

ތިލަފުށި-1

ކ.ތިލަފުށި

2

V3.1

ގަން-1

އައްޑޫސިޓީ، ގަން

 

ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ތަންތަނުގައި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ

މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

05 ޝަޢުބާން 1442

 

18 މާރިޗު 2021
ހޯދާ