ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާނު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގައި ހުރި ބާވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2021 މާރިޗު 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އަމީނީ މަގުގައި ހުންނަ، މި އޮފީހުގެ ރިހިޖެހިކޮށީގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2021 މާރިޗު 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2021 މާރިޗު 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަމުން ތަކެތި ނަގާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، މި އޮފީހަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންދަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

5 ޝަޢުބާން 1442

18 މާރިޗު 2021
ހޯދާ