މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ނޫރާއްޖެ ދިރާސާގައި ކަނޑަށްގެއްލިފައިވާ ސަރވޭ އިކުއިޕްމަންޓާއި ގުޅޭ

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން "ނޫރާއްޖެ" ޕްރަގްރާމްގެ ދަށުން މާރިޗް މަހުގެ 13 އިން 26އަށް މާލެ އަތޮޅާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ދިރާސާގައި ބޭނުންކުރަމުންދިޔަ މުޙިއްމު އިކުއިޕްމަންޓެއް ވަނީ ގެއްލިފައެވެ. މިދިރާސާގެ ބައެއްގެ ގޮތުގައި މިޔަރާއި ބޮޑެތި އެހެން ބާވަތްތަކުގެ މަސްމަހާމެހި ފެންނަ މިންވަރު ދެނެގަތުމަށް ބޭނުންކުރާ "ބެއިޓެޑް ރިމޯޓް އަންޑަރވޯޓަރ ވީޑިއޯ" (ބްރަވް)ގެ 5 ސެޓު ގެއްލިފައިވަނީ 16 މާރިޗް 2021ވީ އަންގާރަ ދުވަހު ހެނދުނު މާލެ އަތޮޅު ޒިޔާރަތްފުށި ބޭރުން (04.65005N; 73.37722E) ނެވެ. މިދިރާސާގައި ބޭނުންކުރެވުނު ބްރަވް އަކީ ބޮއެތަކާއެކު އަޑިއަށް ފައްތާގޮތަށް އަނޑަރވޯޓަރ ކެމަރާތަކާއިއެކު ފަރުމަކާކުރެވިފައިވާ އާލާތެކެވެ.

ވީމާ، މިއާލާތްތަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ މިއާލާތްތައް ފެނިފައިވާނަމަ، ނޫރާއްޖެ ޕްރޮގްރާމްގެ ސައިޓް މެނޭޖަރ ފާޠިމަތު ނިސްތަރަން، (7944566،[email protected] ) ނުވަތަ ޕްރޮގްރާމް ކޯޑިނޭޓަރ  މޫސާ ޒަމީރު (7772155، [email protected]) އާ ގުޅުއްވުން އެދެމެވެ.

18 މާރިޗު 2021
ހޯދާ