މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފްލެޓްތައް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފްލެޓްތައް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 23 މާރިޗް 2021 ވާ އަންގާރަދުވަހުގެހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ.
  2. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 24 މާރިޗް 2021 ވާ ބުދަ ދުވަހުގެމެންދުރު 12:00 ގެ ކުރިން [email protected] ނުވަތަ [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
  3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 މާރިޗް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

18 މާރިޗު 2021
ހޯދާ