މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ކައުންސިލުގެ އިދާރާއަށް 2 މަސައްކަތު މީހުން ހޯދުން

 އިޢްލާނު

 

މަޤާމް:            މަސައްކަތު

މަޤާމްގެ ނަމްބަރ:          J-330238 ، J-331600

ބޭނުންވާ ޢަދަދު:      02    

މަޤާމްގެ ގިންތި:     ދާއިމީ

މަޤާމްގެ ރޭންކް:     އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާއަދާ ކުރަންޖެހޭ ތަން:  މިސްކިތް

މުސާރަ:          -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ސަޕޯޓިންގ ކޯ،އެލަވަންސް:  1200/- ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: 

  1. 1.    ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތީން ކުރުން.
  2. 2.    ރަސްމީގޮތުން ސަރުކާރު ހުޅުވިފައި ހުންނަ ކޮންމެ ދުވަހަކު 13:00 ގެ ކުރިން ކައުންސިލު އިދާރާއަށް ދުރުވެ މުވައްޒަފުންގެ ހާޒިރީގައި ސޮއިކުރުމާއި، ބަންދު ސުވަސްތަކުގައިވެސް މަސައްކަތަށް ނިކުމެފައިވާނަމަ އެންމެ އަވަހަށް އޮފީސް ހުޅުވޭ ރަސްމީދުވަހުގެ 13:00 ގެ ކުރިން ބަންދުދުވަސްތަކުގެ ސޮއިކުރުމާއި، އަދި ކޮންމެ ނަމާދުވަގުތެއްގައި 15 މިނިޓްކުރިން މިސްކިތައް ހާޒިރުވެ މިސްކިތުގައި އޮންނަ ހާޒިރީގައި ، ސޮއިކުރި ގަޑިޖަހައި ސޮއިކުރުން .
  3. 3.    ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތާއި، ވަޅުދޮށާއި ވުޟޫކުރާ އިސްކުރުބަރި އާއި އަދި ފަޚާނާތައް ސާފުކުރުމާއި، ކޮންމެނަމާދުވަގުތެއް ޖެހުމުގެ ކުރިން ފަންކާތައް ޖެހުމާއި، ރޭގަނޑުގެ ނަމާދު ވަގުތު ތަކުގައިލައޓްތައް ދިއްލުމާއި އަދި ނަމަދުގެ ޖަމާޢަތް ނިމުމުން، ވުޟޫކުރާ އިސްކުރު ބަރިއާއި، މިސްކިތު ފެންޑާއާއި ވަޅުދޮށް ސާފުކުރުމުގައި 15 މިނިޓް ހޭދަކުރުން. ފަންކާތަކައި ލައިޓްތައް ނިންވުން.
  4. 4.    މިސްކިތުގެ ތެރޭގައި ބެހެއްޓިފައިވާ އެންމެހާތަކެއްޗާއި ހަރުކުރެވިފައިވާ އެންމެހާ ތަކެތި ސާފޮކޮށް ބެލެހެއްޓުމާއި ، މިސްކިތަށާއި އެއިން އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަކަމެއް ފާހަގަކުރެވުމުންނާއި، އަދި ގެއްލުމެއް ލިބިފައިވާނަމަ އެކަން ދުވަހުން ދުވަހަށް ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  5. 5.    ނަމާދު ވަގުތު ތަކަށް މިސްކިތް ފޮޅާ ސާފުކުރުމަށް ހޭދަކުރާ ވަގުތުތަކުގެ އިތުރުން ކޮންމެ ދުވަހަކު 2 ގަޑި އިރާއި، 30 މިނިޓް މަސައްކަތުގައި ހޭދަކޮށް، ދުވާލަކު 1ފަހަރު މިސްކިތުގެ އެތެރެއާއި ބޭރާއި، ވުޟޫކުރާ އިސްކުރުބަރި އާއި، މިސްކިތުގެމަގާއި ގޯތިތެރެ ސާފުކުރުމާއި، ކޮންމެ 2 މަހަކުން 1 ފަހަރު ފެންވަޅު ދިޔަހިއްކާ ސާފުކުރުން.
  6. 6.    މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ބެލެހެއްޓުމާއި،މިސްކިތައް ގެނެވޭ ތަކެތި ގުދަންކޮށް ބެލެހެއްޓުމާއި، އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.
  7. 7.    ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  8. 8.    އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލް އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން .

 

މަޤާމުގެ ޝަރުތުތައް:  

  1. މަޤާމަށް ކަނޑައަޅާފައިވާ ޝަރުތުތައް:    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ ގުރޭޑް 6 ނިންމާފައިވުން
  2. މަޤާމުގެ ތަޢުލީމީރޮގުތައް :           --
  3. މަޤާމުގެ މަސައްކަތުގެ ދާއިރާތައް :      ފޮޅާ ސާފުކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް

      ކޮމިޝަނުގެ ވެބުސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)

  1. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑުރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ

ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓް، ޕާސްޕޯޓް ނުވަތަ ޑުރައިވިން ލައިސަންސް.

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން

 ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް   ނެތްކަމަށް ،ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާ ތައްގަޑުޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު

ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި

ޓުރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ހ. ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން .

ށ. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ،ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން .

ނ. ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން ( މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ.)

ރ. އުވާލައިފައިވާ ދައުލަތުގެ އިދަރާއެއްގައި ، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ސިފެރެންސް ޗެކުފޯމް .

 

 

ވަޒީފާއަށް އެންމެ ޤާބިލް  

ފަރާތެއް ހޮވުމަށް ބެލޭނެ   

ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ވަޒީފާއާއިގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނާއި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ، ޤާބިލްކަން

ވަޒީފާއަށް އެންމެ ޤާބިލް  

ފަރާތެއް ހޮވުމަށް ކަނޑަ

އަޅާފައިވާ ކްރައިޓީރިޔާތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ

(% )

ކެޓަގަރީގެ

ޖުމްލަ އިންސަންތަ %

ތަޢުލީމް

ލިބިފައިވާ ތަޢުލީމް

25

10

10

މަސައްކަތުގެ ތަޖްރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ

 ތަޖްރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

60

60

ޖުމުލަ:

145

100

100

ނޯޓް: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކުރައިޓީރިއާއގެ ހުރިހާ ބަޔަކުން ޖުމުލަ:%30 (ތިރީސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29) މާރޗު 2021 ގެ 14:00 (ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒިފާއަށް

ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް

ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،( 30 މާރޗު 2021 އާއި 20 އެޕްރީލް 2021 ) އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލް އިދާރާ ގައެވެ.

ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް  ހާޒިރުވުމަށް

ތައްޔާރުވެގެން ތިއްބެންއެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް

ޕޮއިންޓް ލިބުނުގޮތުގެ ޝީޓް

(A2 ފޯމް) އާއްމުކުރުން" :

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް

 ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކޮށް ފެންނާނެހެން މިއިދާރާގައި

އާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތަތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް

އޮތްނަމަ A2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި

އެޝަކުވާއެއް މިއިދާރައަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ،6560026  މިނަމްބަރ ފޯނަށެވެ. އަދި އީ މެއިލް ކުރާނީ [email protected] މިއީމެއިލް އަށެވެ. ސިވިލް ސާރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުން ހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usoolu މި ލިންކުން ލިބެން ހުންނާނެއެވެ.

18 މާރިޗު 2021
ހޯދާ