ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މެއިންޓެނަންސް އެސިސްޓެންޓް

މި ކޮމިޝަނުގެ ނަންބަރު:(IUL)195-A-HR/195/2020/5  (05 އޮކްޓޫބަރު 2020) އިޢުލާނާއި                 (IUL)195-A-HR/195/2021/3 (24 ފެބުރުވަރީ 2021) އިޢުލާނުގައިވާ މެއިންޓެނަންސް އެސިސްޓެންޓް މަޤާމަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާނުތައް ބާޠިލުކޮށް އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަގާމު

 މެއިންޓެނަންސް އެސިސްޓެންޓް

ރޭންކް

 އެސް.އެސް 2

ކްލެސިފިކޭޝަން

 ސަޕޯޓް ސްޓާރފް ގްރޭޑް 2

ސެކްޝަން / ޔުނިޓް

 ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ބޭނުންވާ އަދަދު

 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

 ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ

 -/3،755 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

 - ލިވިންގ އެލަވަންސް  -/3,000 ރުފިޔާ

 - ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50) 1,877/50 ރުފިޔާ

 - ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/75 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

 

 

އަސާސީ ޝަރުޠު

1-   ގްރޭޑް 7 ގެ ތަޢުލީމީ ފެންވަރު ހުރުމާއެކު  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި SS1 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2-   A1 އަދި A0 ކެޓެގަރީގައި ބުނާ ތަކެތި ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތަނުގެ ފާޚާނާތަކާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުން.
  2. މެއިންޓެނަންސާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  3. ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  4. ކަރަންޓުގެ މަރާމާތު ކަންތައްތައް ކުރުން.
  5. ކޮމިޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ކޮމިޝަނުން އަންގާގޮތެއްގެ މަތިން އެފަރާތްތަކަށް ރައްދުކުރުން.
  6. ކޮމިޝަނަށް ގަންނަން ބޭނުންވާ ތަކެތި ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ގަނެހޯދުން.
  7. ކޮމިޝަނުގެ އެންމެހާ ތަންތަން ކުނިކަހާ ފޮޅާ ސާފުކުރުން.
  8. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއިއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުން.

މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2. ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
  3. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ
  4. ވަނަވަރު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

6. މުއްދަތު ހަމަނުވާ A1 އަދި A0 ކެޓެގަރީގައި ބުނާ ތަކެތި ދުއްވުމުގެ ލައިސަންސްގެ ކޮޕީ (މި ލިޔުން ހުށަހަޅާނީ މެއިންޓެނަންސް އެސިސްޓެންޓް މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެކަނި)

 

ސުންގަޑި

29 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ   [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ޙާޟިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. މި މަޤާމަށް އެޕްލައިކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދެވޭނެއެވެ. އަދި އޭގެ ފަހުގައި އެ ފަރާތްތައް އިންޓަރވިއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  4.  އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ.
  5. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  6. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  7. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
18 މާރިޗު 2021
ހޯދާ