ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ލައިބްރަރީގެ އެއަރކަންޑިޝަން ބަދަލުކުރުން

މި ސްކޫލުގެ ލައިބްރަރީގެ 2 އެއަރކަންޑިޝަން ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

-         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.

-         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

-         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

-         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

ބީލަމަށް އަގު ހުށަހެޅުއްވުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 28 މާރިޗް 2021 (އާދީއްތަ) ދުވަހުގެ މެންދުރުކުރި 11:00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާބެހޭ މައުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު، މި އިޢުލާނާއެކުގައި އެވަނީއެވެ.

18 މާރިޗު 2021
ހޯދާ