އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ޣާޒީ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަތާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
  2. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  24  މާރިޗް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި، ޣާޒީ ބިލްޑިންގ ގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ.
  3. ބީލަން ހުށަހެޅުން އޮންނާނީ 31 މާރިޗު 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  4. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
18 މާރިޗު 2021
ހޯދާ