ދިވެހިރާއްޖެ
މަޤާމް :ސިވިލް އެސިސްޓެންޓް (އެޑްމިން އޮފިސަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
ސަމާލުކަމަށް: މިސަރވިސްއިން 2021 ޖެނުއަރީ 04 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ނަންބަރު: 171HRD/IUL/2021/02 އިޢުލާނަށް އެކަށީގެންވާ އަދަދަށް ފޯމް ހުށަހަޅާފައިނުވާތީ، އަލުން އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ސިވިލް އެސިސްޓެންޓް (އއ.އަތޮޅު ޕޮލިސްގެ އެޑްމިން އޮފިސަރ) ގެ މަޤާމަށް މި އިޢުލާނުން ޝާއިޢުކުރުމާއި ގުޅިގެން މިދެންނެވުނު ނަންބަރު: 171HRD/IUL/2021/02 އިޢުލާނަށް ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. އަސާސީ މުސާރަ: މަހަކު -/3،470 ރުފިޔާ އިތުރު ޢިނާޔަތްތައް: - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1،700 ރުފިޔާ - ނޮން-ޕްރެކްޓިސް އެލަވަންސް: -/1،214.50 ރުފިޔާ (އަސާސީ މުސާރައިގެ %35) - އިތުރުގަޑީގެ ގޮތުގައި މަހަކު: -/2،082.00 ރުފިޔާ (އަސާސީ މުސާރައިގެ %60) - ކެއުމާއި ބޭސްފަރުވާ ކުރުން
މަޤާމުގެ ޝަރުޠު: - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯ-ލެވަލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، - މީލާދީގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން، - އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން، - ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓަރީން އުނިވާން ޖެހޭނެއެވެ. މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެވެ. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: އއ.އަތޮޅު ޕޮލިސް (އއ.ރަސްދޫ ޕޮލިސް ސްޓޭޝަން) އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު، - ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެފަރާތެއްގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ، ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2021 އޭޕްރިލް 01 ވަނަ ދުވަހުގެ 15:00 ގެ ކުރިން އއ.ރަސްދޫ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 ން 15:00 އަށެވެ. ނޯޓު: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެެވެ. 04 ޝަޢުބާން 1442 |