މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމްޢިއްޔާތަކަށް ދެވޭ އިތުރުފުރުޞަތު

                               އިޢުލާން

ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމްޢިއްޔާތަކަށް ދެވޭ އިތުރުފުރުޞަތު

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަކީ އެޖަމްޢިއްޔާއެއް ނިސްބަތްވާ ރަށަކަށާއި، އަތޮޅަކަށް އަދި މުޅި ޤައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން މި މިނިސްޓްރީން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ. ނަމަވެސް ބައެއް ޖަމްޢިއްޔާތަކުން ޤާނޫނު ނަމްބަރ 2003/1 ( ޖަމްޢިއްޔާތަކާބެހޭ ޤާނޫނު )  ގެ  32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަމުންނުދާކަން ފާހަގަ ކުރަމެވެ.

                     މިގޮތުން މި އިޢުލާންގައި އެއްކަރުދާސްކުރެވި ޢާންމުކޮށް އިޢުލާންކުރެވިފައިވާ 1562 ޖަމްޢިއްޔާއަކީ، 2020ގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި / ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމްޢިއްޔާތަކެވެ. އެހެން ނަމަވެސް، އިސްވެ ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި، ގަވާއިދު ނަމްބަރ 2015/R-180 ( ޖަމްޢިއްޔާތަކުގެ ގަވާއިދު ) 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރއަށް ލިބިދޭ ބާރުގެ ދަށުން، އިތުރު ފުރުޞަތު ބޭނުންވާ ޖަމްޢިއްޔާތަކަށް އެ ފުރުޞަތަށް އެދުމަށް ހުޅުވާލައިފީމެވެ.

                     ވީމާ، މިފުރުޞަތު ބޭނުންވާ ޖަމްޢިއްޔާތަކުން 30 ޖޫން 2021ވާ ބުދަ ދުވަހުގެ  14:00ގެ ކުރިން "އިތުރު ފުރުޞަތަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުވުމަށް ދަންނަވަމެވެ. މިދެންނެވި ތާރީޚަށް އިތުރު ފުރުޞަތަށް އެދި ހުށަނާޅާ ޖަމްޢިއްޔާތައް، ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް: [email protected]  ކުރެއްވުން އެދެމެވެ.

އިތުރު ފުރުޞަތަށް އެދޭ ފޯމްގެ ލިންކް: https://bit.ly/3o7MaeF

                     މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16 މާރިޗު 2021
ހޯދާ